23 Apr 2016, 11:56
ވޮޝިންޓަން (އޭޕްރިލް 23): އެމެރިކާގެ ރޭލަކުން 200 ކިލޯ ގްރާމަށް ވުރެ އިތުރަށް ބަރުދަން ހުރި ގޮވާތަކެތި ވަގަށް ނަގާފައިވާ ކަމަށާއި ފުލުހުން މިހާރު ދަނީ އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އެމައްސަލަ ބަލަމުންދާ އެމެރިކާގެ ބިއުރޯ އޮފް އަލްކޮހޯލް، ޓޮބޭކޯ، ފަޔާއާމްސް އެންޑް އެކްސްޕްލޯޒިވްސް (އޭޓީއެފް)ގެ ތަރުޖަމާނަކު ވިދާޅުވީ ވަގަށް ނަގާފައިވާ ގޮވާ ތަކެތީގެ މިންވަރުގެ ސަބަބުންނާއި އެ ބާވަތަކީ ހަމައެކަނި އެއާ ބެހޭ މާހިރުން ބޭނުން ކުރުން އެކަށީގެންވާ ބާވަތެއް ކަމުން މައްސަލަ ވަރަށް ސީރިއަސް ކަމަށެވެ.
ސީބިއެސް ނިއުސް ޖަސްޓިސް ޑިޕާންޓްމެންޓު އެންޑް ހޯމްލޭންޑު ސެކިއުރި ޓީން ބުނި ގޮތުގައި ރޭލުން ވައްކަން ކޮށްފައި ވަނީ އިލިނޯއި ސްޓޭޓުން މިޝިގަންއަށް ދަތުރު ކުރި މަގުމަތީގަ އެވެ.
އެމައްސަލައިގެ ތަފްސީލު އަދި އާއްމުކޮށްފައި ނުވި ނަމަވެސް އޭޓީއެފް އިން މިހާރު ދަނީ އެ މައްސަލައާ ބެހޭ ގޮތުން މައުލޫމާތުދޭ ފަރާތަކަށް އިނާޔަތެއް ދިނުމަށް ރާވަމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. (ސީބީއެސްނިއުސް)