ކޮންޓެއިނަރު ބަރުކޮށްގެން ދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފ. ފީއަލި ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.

"ގްރޭޓް ކާގޯ" ނަމަކަށްކިޔާ 90 ފޫޓުގެ އެ ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިއްބެވެ. އެމްއެންޑީއެފުން ވަނީ އެ މީހުން ސަލަމާތްކޮށްފަ އެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސާޅީސް ފޫޓުގެ ތިން ކޮންޓެއިނަރު ބަރުކޮށްގެން ދިޔަ ދޯނި އަޑިއަށް ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން ކަަމަށާއި ދޯންޏަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން އެ ދޯނީގައި ދިޔަވާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 3:15 އެހާކަންހާއިރު ކަމަށެވެ.

ގްރޭޓް ކާގޯ ދޯނި އަޑިއަށް ދިޔައީ ފ.ފީއައްޔާއި 11 މޭލު ބޭރުންނެވެ.