22 Apr 2016, 14:08
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ އެ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފި އެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
މެދުރާއްޖެ ތެރެއަށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 11:20ން ފެށިގެން މެންދުރު 14:30 އަށެވެ.
މެޓު އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރަ މާދަމާގެ ހެނދުނާ ހަމައަށް ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެޓު އޮފީހުން މިއަދު ބުނީ މެދުތެރެ އާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ބުނީ އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަަމަށެވެ.