ނުވަ އަހަރު ފިލްމީ ދާއިރާއިން ގެއްލި، އެނބުރި ފިލްމީ ދާއިރާއަށް އައިސްފައިވާ މެޓް ޑޭމަން ފެނިގެންދާ މަޝްހޫރު "ބޯން" ފްރެންޗައިސްގެ ފަސްވަނަ ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

ޔުނިވާސަލް ޕިކްޗާސްގެ އެކްޝަން ސްޕައި ޓްރެއިލާ ފިލްމު، "ބޯން" ފެރެންޗައިސްގެ އެންމެ ފަހުގެ ފިލްމު، "ޖޭސަން ބޯން"ގެ ޓްރެއިލާ ޔޫޓިއުބުގައި ރިލީޒްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

"ބޯން" ފްރެންޗައިންސް ފެށިގެން އައީ 2002 ވަނަ އަހަރު ނެރުނު ފިލްމު، "ދަ ބޯން އައިޑެންޓިޓީ" އާއެކުގަ އެވެ. އަދި އެ ފިލްމުގެ ހަތަރު ފިލްމެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު، ތިން ފިލެމެއްގައި ފެނިގެންގޮސްފައި ވަނީ، އެ މަގާމު އެންމެ އެކަށީގެންވާ ކަމަށް ގިނަ ބަޔަކު ބުރަވާ، މެޓް ޑޭމަން އެވެ.

މިދިޔަ 2012 ވަނަ އަހަރު ނެރުނު އެންމެ ފަހުގެ ފިލްމު، "ދަ ބޯން ލެގަސީ" އަށްފަހު ނެރޭ ފަސް ވަނަ ފިލްމު، "ބޯން ލެގަސީ" ޑައިރެކްޓްކޮށްފައި ވަނީ ބޯން ފްރެންޗައިސްގެ ތިން ފިލްމެއް ޑައިރެކްޓްކޮށްފައިވާ ޕައުން ގްރީންގްރާސް އެވެ.

ޑޭމަންގެ އިތުރުން އެ ފިލްމުގައި، މީގެ ކުރިން ނެރެނު ބޯން ފިލްމުތަކުން ފެނިގެންގޮސްފައިވާ ޖޫލިއާ ސްޓައިލްސް ވެސް ފެނިގެންދާއިރު، "ބޯން" ފްރެންޗައިސް އަށްއާ ތަރިންގެ ގޮތުގައި އެލީޝިއާ ވިކަންޑާ އާއި ޓޮމީ ލީ ޖޯންސް އަދި ވިންސެންޓް ކޭސަލް ފެނިގެންދާނެ އެވެ.

ފިލްމު، "ޖޭސަން ބޯން" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 29 ގައެވެ.