06 May 2011, 16:15
17:54 މުޒާހަރަ ނިންމާލީ ކަމަށް ރީކޯ މޫސަ އިއުލާންކުރައްވައިފި.
17:46 ރައީސް ނަޝީދު މުޒާހަރާކުރާ ސަރަހައްދުން ވަޑައިގެންފި.
17:45 ރީކޯ މޫސަ އަނެއްކާވެސް ކުރީގެ ރައީސް މައުމޫން ހައްޔަރުކުރުމަށް ގޮވައިލައްވަނީ. މުޒާހަރާ ގާތްގަނޑަކަށް ވަނީ ނިމިފައި. މޫސަ ވިދާޅުވީ، މުޒާހަރާ ނިމުމަށްފަހު ރީނދޫ ކުލައިގެ އެއްޗެހި ހިފައިން މާލެ ތެރޭގައި ހިނގާ އެއްވެސް ކަމަކާ މުޒާހަރާއާ ގުޅުމެއް ނޯންނާނެ ކަމަށް.
17:40 ޕާލިމެންޓްރީ ގްރޫޕް މެމްބަރު ޝިފާގު މުފީދު ވާހަކަދައްކަވަނީ.
17:37 ތަކެތީގެ އަގުބޮޑުވުމުން ދަތިވާ ފަރާތްތަކަށް އެހީވާނެ "ސޭފްޓީ ނެޓެއް" މިހާރުގެ ބަޖެޓުގައި އޮންނާނެ ކަމަށް މޭޔަރު ވިދާޅުވި.
17:35 މިހާރު އަގުއުފުލުމާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވޭނެ އަދި "ހުއްޓުވާނެ ކަމުގައި މޭޔަރު ވިދާޅުވި.
17:32 ވެރިކަން ބޭނުމިއްޔާ 2013 ވަނަ އަހަރު އެމަނިކުފާނާ ވާދަކުރެއްވުމަށް ޗެލެންޖުކުރެއްވާ، އަދި އެ އިންތިހާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ވިދާޅުވެ، ރައީސް ގެ ވާހަކަފުޅު ނިންމަވައިލައްވައިފި.
17:29 ރާއްޖެގެ ވެރިކަމެއް ދެނެއް ގާނޫނާ ހިލާފަކަށް ނުވެއްޓޭނެ.
17:28 މިހާރު ވާހަކަފުޅު ދައްކަވަނީ ތަނަވަސް، ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ކުރިއަށްގޮސްފައިވާ މިންވަރާ ގުޅޭ ގޮތުން.
17:26 "އަޅުގަނޑުމިއީ ޒުވާނެއް ނޫން. އެހެންނަމަވެސް އަޅުގަނޑާ އެއްވަރަށް ޒުވާންކަން ހަނދާން ހުރި ވެރިއެއް ނުހުންނާނެ" ރައީސް ވިދާޅުވި އެވެ.
17:20 ސަރުކާރުގެ ޑެފިސިޓެއް 2012 ވަނަ އަހަރު ނޯންނާނެ. ރާއްޖޭގެ އިގްތިސާދު ބަދަލު ކުރަމުން މިގެންދަނީ ޒަމާނީ އިގްސާދަކަށް ބަދަލު ކުރަމުން. ގައުމެއް ތަރައްގީ އެއްނުވާނެ ނޭންގި އެއް. ގައުމު ތަރައްގީ ވާނީ އަޅުގަނޑުމެންނަށް ވާނުވާ އެނގިގެން. ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ހުރިހާ ބާވަތަކުން 2012 ވަނަ އަހަރު ޑިއުޓީ ކަނޑާނެ. މަދުބައެއްގެ ފިއްތުން ތަކަށް ދީރާލެވޭކަށް ނެތް ކަމަށް.
17:15 ޑޮލަރަށް ގެނައި ބަދަލާ ގުޅިގެން މަސައްކަތް ކުރާ މަސްވެރިންގެ އާމްދަނީ އިތުރު ވެގެން ހިނގައްޖެ.
17:11 މިގައުމު ބަދަލުވެފައި ވަނީ ތަހުޒީބު ގައުމަކަށް ކަމަށް. އަދި ގައުމުގެ ރައްޔިތުން ބޭނުންވީ ހާލަތު ބަދަލުކޮށް ތާހިރު ދިރިއުޅުމެއް ހޯދަން ކަމަށް. އެގޮތުން ފުރަތަމަ ގެނައީ ސިޔާށީ ބަދަލު ކަމަށާއި މިހާރު ގެންނަމުން މިދަނީ އިގްތިސާދޯ ބަދަލު ކަމަށް.
17:09 ގައުމުގެ ކަންކަން ބަދަލުވެފައި ވަނީ ތަހުޒީބުގެ ސިފައަށް ކަމަށާއި އެކަން ކުރީ ދަރިންގެ ދަރިންނަށް ކަމަށް.
17:08 ރައީސް ވާހަކަ ދައްކަން ފަށްޓަވައިފި
17:07 މިހާރު ވާހަކަ ދައްކަވަނީ އަސްލަމް ޝާކިރު.
17:03 ޑޮލަރުގެ މަސައްކަތް ހައްލު ކުރާނެ ގޮތް އެނގޭ ކަމަށާއި މިގައުމުގެ ރިސޯޓު ތަކުގެ އޯނަރުންގެ ޑޮލަރުތައް ބޭންކަށް ލާންޖެހޭނެ ކަމަށް. އޭރުން މައްސަލަ ހައްލުވި ކަމަށް.
17:01 ޖާބިރު ވިދާޅުވީ ލޮލީ ޓައްޕުގައި ނުކިރުވާ ގިރުވި މީހާ މިހާރު މިހުރީ ރައީސް ނަޝީދުގެ ފަހަތުގައި ކަމަށާއި. އެމްޑީޕީ ކާމިޔާބު ކޮށްފި ކަމަށް.
17:00 މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާފައިވާ އަބުދުﷲ ޖާބިރު.
16:59 މޫސަގެ ވާހަކަ ނިންމާލެއްވީ މައުމޫން ދެން މާލެ އަރައިގެން ނުވާނެ ކަމަށް ވިދާޅުވެ ތަކުރާރުކޮށް އިންޒާރު ދެއްވަމުން.
16:56 މިހާރު ވާހަކަ ދައްކަނީ ޕާލިމަންޓރްީ ގުރޫޕްގެ ލީޑަރު ރީކޯ މޫސަ. މޫސަ ވިދަޅުވީ މައުމޫން ދެން މާލެ އަރަން ލާހިކު ނޫން ކަމަށް.
16:47 ގާތްގަނޑަށް 1000 ގާތްކުރާ އަދަދަކަށް މީހުން އެބައުޅޭ. ހިސާބަކަށް ވާރޭ އެބަވެހޭ.
16:43 ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި، ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު އެމްޑީޕީއަށް ސޮއި ކުރައްވައިފި ކަމަށް އިއުލާން ކޮށްފި
16:24 މިވަގުތު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ރައީސް ޑީޑީ. ސުލްހައިގެ ވާހަކަތައް ފެށުމަށް އޭނާ ވަނީ ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ގޮވާލާފައި.
16:15 އެމްޑީޕީގެ މުޒާހަރާ ފަށައިގެން ކުރިޔަށް އެބަދޭ. މިވަގުތު ހުރިހާ އެންމެވެސް ގޮވަމުންދަނީ ކުރީގެ ރައީސް މައުމޫނު ހައްޔަރު ކުރުމަށް
16:11 އެމްޑީޕީން މުޒާހަރާއަށް ނުކުތީ "ގައުމާއިގެން އަމާން ބަނދަރަކަށް" މި ނަމުގައި. މިއީ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު މިފަދަ އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު.
އެމްޑީޕީގެ މުޒާހަރާއަށް ވެސް މީހުން ޖަމާވެއްޖެ. މިހާރު ސުނާމީ ބިނާ ސަރަހައްދަށް ރައީސް ވެސް ވަޑައިގެންފި. މުޒާހަރާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެ
ލައިވް ބްލޮގް އަޕްޑޭޓް: މުހައްމަދު ނަސީމް، ހުސައިން ހަސަން، އަލީ ނަސީރު، މުހައްމަދު އަފްޒަލް، ހައްވާ ލުބްނާ
މިހ