21 Apr 2016, 19:57
އެސްޓީއޯއިން ރާއްޖެއަށް އިމްޕޯޓުކުރާ ސުޕާ ބްރޭންޑުގެ ކަޕް ނޫޑްލްސްއަށް ޚާއްސަކޮށްގެން، އެސްޓީއޯއިން ކުރިއަށް ގެންދިޔަ "ސުޕަ ހަންޓް" ޕްރޮމޯޝަންގެ ނަސީބުވެރިން ގުރުއަތުން ހޮވައިފި އެވެ.
މިއަދު އެސްޓީއޯގައި ކުރިޔަށް ގެންދިޔަ މިއަހަރުގެ ސުޕަ ހަންޓު ޕްރޮމޯޝަނުގެ ލަކީޑްރޯގައި، އެއްވަނައަށް ހޮވިފައި ވަނީ މާއްދު އަދުނާނެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ސެމްސަން ނޯޓު 4 އެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފަ އެވެ.

އެސްޓީއޯ ސުޕަ ހަންޓު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމުގެ ތެރެއިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ދެމީހަކަށް އެއް ދުވަހުގެ ރިސޯޓު ދަތުރެއް ލިބޭ ދެވަނަ އިނާމު ލިބިފައި ވަނީ އަލީ މުހައިމިން އަށެވެ. އަދި 46 އިންޗީގެ ހިޓާޗީ ޓީވީއެއް ހުށަހެޅިފައިވާ ތިންވަނަ އިނާމު ލިބިފައި ވަނީ ރޫޒާ އަށެވެ.
"ސުޕަ ހަންޓް" ޕްރޮމޯޝަނަކީ، އެސްޓީއޯއިން ޓްރެޝާ ހަންޓެއްގެ ސިފާގައި ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެގޮތުން، މިއަހަރު ބޭއްވި ޕްރޮމޯޝަނުގައި، މާލެ، ވިލިމާލެ، ހުޅުމާލެ އަދި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި އެސްޓީއޯއިން ސުޕާ ބްރޭންޑުގެ ކަޕް ނޫޑްލްސް ތަށިތަކެއް ފޮރުވާފައި ބެހެއްޓި އެވެ. އަދި އެސްޓީއޯއިން ދޭ ޓްރެޝާ މެޕެއް ބަލައިގެން އެ ތަށިތައް ހޯދައި، އެސްޓީއޯއާ ހަވާލު ކުރުމުން ގުރުއަތުގައި ބައިވެރިވެ އެވެ. އެގޮތުން، މިއަހަރު 2،500 އަށް ވުރެ ގިނަ ކަޕް ނޫޑްލްސް ތަށި، މާލެ އާއި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުއްޓެވެ.