06 May 2011, 14:48
ސޯސަން މަގުގައި ހުރި ގެއެއްގެ ކޮޓަރީ ތެރޭ މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ އެވެ.
މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 2:30 ހާއިރު އެ މީހާ މަރުވެފައި އޮއްވާ ފެނުނީހ. ނައިޓްވިއުގެ ދެ ވަނަ ބުރީގައި ހުރީ ކޮޓަރިއެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއްވެސް ކަހަލަ ސީރިއަސް ކަމެއް މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން ފާހަގަ ކުރެވިފައިނުވާ ކަމަށާއި ބޮޑަށް ބެލެވެނީ ގުދުރަތީ މަރަކުން މަރުވެފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނައިޓްވިއުގެ ކޮޓަރީގެ ތެރޭ މަރުވެފައިވާ އޮއްވާ ފެނުނީ ހއ. ހޯރަފުށީ އެވަބްލޫ އަހުމަދު ޝާހިދު 26، އެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ މަރުވިތާ ދެ ދުވަސް ފަހުންނެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު ވަނީ އާ ސާހަރާއަށް ގެންގޮސްފަ އެވެ.
އއ. ލިލީބީޗް ރިސޯޓެއްގައި މަސައްކަތް ކުރާ ޝާހިދު މާލެ އައީ އޭނާގެ އަންހެނުން ރަށުގައި ހުރެފައި އަންނާތީ އެވެ. ނަމަވެސް އަންހެނުން މާލެ އައުމުން ބަލާދިޔައީ އާއިލާގެ މީހުން ކަމަށާއި ކުއްޔަށް ކޮޓަރި އެއް ހިފައިގެން ހުރި ޝާހިދުއާ ގުޅުމުން ވެސް ފޯނު ނުނަގާ ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. ފަހުން ޝާހިދު ފޯނަށް ގުޅިއިރު ފޯނު އޮތީ ނިއްވާލާފައި ކަމަށާއި އޭނާ ހޯދަމުން ދަނިކޮށް ޚަބަރު މަރުވެފައި އޮއްވާ ފެނުނު ކަމުގެ ހަބަރު އާއިލާއަށް ލިބުނު ކަމަށް ވެސް ސަންއަށް ވަނީ އެނގިފަ އެވެ.
----
ހަށިގަނޑު މިހާރު އެމްބިއުލެންސް އަށް ލައިގެން އައިޖީއެމްއެޗްއަށް. ފުލުހުން އަދި ކޮންކަހަލަ މަރެއް ކަމެއް ކަށަވަރެއް ނުކޮއްދޭ.
15:00 މަރުވެފައި އޮތްމީހާގެ ހަށިގަނޑު ފޮރުވައިގެން ފުލުހުން އެގެއިން ތިރިޔަ ބާލައިފި.
14:55 ފުލުހުންގެ ފޮރެންސިކް ތަހުގީގު ޓީމު ވަނީ ނައިޓް ވިއުއަށް ވަދެފައި. އަދި އެމީހާގެ ހަށިގަނޑެއް ނުނެރޭ. ވަރަށް ގިނަ މީހުން ވަނީ އެތަނަށް އެއްވެފައި.
"މީހުން ބުނަނީ އޭނާ ރިސޯޓްގައި އުޅެފައި އެގެއަށް އައީ އަންހެނުންނާވެސް އެކުގައި ކަމަށް، އަދި ފަހުން އަންހެނުން ފޮނުވާލާފައިވާ ކަމަށް،" އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
ހެންވޭރު ސޯސަން މަގުގައި ހުންނަ ނައިޓްވިއުގެ ދެވަނަ ފަންގިލާގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މިވަގުތު އެގޭގައި ފޮރެންސިކް ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ރިސޯޓެއްގައި މަސައްކަތަތް ކުރާ މީހަކު އެގޭގެ ދެވަނަ ފަންގިލިފިލާގެ ކޮޓަރިއެެއްގައި މަރުވެފައި އޮންނަތާ ދެދުވަސްވެފައިވާ ކަމަށް ކުއްޔަށް ކޮޓަރި ދޫކުރާ އެ ގެއާއި އެ ސަރަހައްދުގައި ތިބި މީހުންނާ ހަވާލާދީ، އެތަނުގައި ތިބި ސަންގެ ނޫސްވެރިން ބުނެ އެވެ.