ރާއްޖޭގެ އާޓިސްޓުންތަކެއްގެ ކުރެހުންތަކެއް އިންޑިއާގައި ދައްކާލައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހު ދިއްލީގައި ހުޅުވި މައުރުޒުގައި ރާއްޖޭގެ ހަތަރު އާޓިސްޓެއްގެ ކުރެހުން ބައިވެރި ކުރުމުގެ އިތުރަށް ގެސްޓް އާޓިސްޓެއްގެ ގޮތުގައި މ. ނޫވިލު ސަރުދާރު ދޮންމަނިކާއި ސަރުދާރު ދޮންމަނިކުގެ ކާފަގެ ކުރެހުން ވެސް ދައްކާލާފައިވެ އެވެ.

އެ މައުރުޒު ހުޅުވައި ދެއްވީ ރާއްޖެ އިން އިންޑިއާ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހަންމަދެވެ.

އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައުރުޒު ބައްލަވާލައްވަނީ --

އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އެއީ ރާއްޖޭގެ އާޓް ވޯކް ބޭރުގައި ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެއީ ރަނގަޅު ފެށުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައުރުޒު ދެ މަހަށް ދެމިގެންދާނެ ކަމަށް، މައުރުޒުގައި އާޓް ވޯކް ބައިވެރި ކުރި ދިވެހި ހަތަރު ފަންނާނުންގެ ތެރޭގައި ހިމެނޭ މ. ނޫވިލު އަހުމަދު ސުވައިބު މިއަދު ސަން އަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުރުޒުގައި ދިވެހި އާޓީސްޓުންގެ ފަރާތުން 17 ކުރެހުމެއް ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން ބައެއް ކުރެހުންތައް ފުރަތަމަ ދެ ދުވަހެއްގެ ތެރޭގައި ވިކިފައިވާ ކަމަށެވެ.

ރާއްޖޭގެ ސްޓޯލް --

ސުވައިބު ވިދާޅުވީ މައުރުޒުގައި ބައިވެރި ކުރި އޭނާގެ ބައްޕަގެ ކުރެހުންތަކާއި އަދި އޭނާގެ މުނިކާފަގެ ކުރެހުންތަކަކިީ ވިއްކުމަށް ބެހެއްޓި ކުރެހުންތަކެއް ނޫން ކަމަށެވެ.

ވަރަށް ކުރީ ޒަމާނުގައި ކުރަހާފައިވާ ކުރެހުމެއް --