21 Apr 2016, 08:39
ބަރުދަން ލުއި ކުރުމަށް އެހީތެރި ވެދޭ ބުއިންތަކާއި ކާނާތަކުގެ ވާހަކަ މީގެ ކުރިންވެސް ވާނީ ގެނެސްދެވިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ފަތްޕިލާވެލިންނާއި ތާޒާ މޭވާ އަދި ތަރުކާރީ ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ޖޫސްތަކާއި ކާނާތައް ހިމެނެ އެވެ.
މި ފަހަރުވެސް މި އޮތީ އެފަދަ ޖޫހެކެވެ. ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ މޭވާ ޖޫހެކެވެ. އެހެންކަމުން އެ ޖޫސް ތައްޔާރު ކުރާ ގޮތަށް ބަލައިލުން ކިހިނެއް ވާނެ ހެއްޔެވެ؟
ބޭނުންވާ ތަކެތި:
- އެއް ޖޯޑު އޮރެންޖު ޖޫސް
- ދެ މޭޒުމަތީ ސަމްސާ އެޕަލް ސިޑާ ވިނެގާ
- އެއް މޭޒުމަތީ ސަމްސާ މާމުއި
ތައްޔާރު ކުރާނެ ގޮތް:
އޮރެންޖު ޖޫސް ތައްޓަށް މާމުޔާއި ވިނެގާ އަޅާލާށެވެ. އެއަށްފަހު ރަނގަޅަށް ގިރާލާށެވެ.
ޖޫސް ބޭނުން ކުރާނެ ގޮތް:
ކޮންމެ އިރަކުވެސް ކާން ފެށުމުގެ ކުރިން އޭގެ އެއްތަށި ޖޫސް ބޯލާށެވެ. އެގޮތުން ހަފުތާއެއް ވަންދެން ތަކުރާރު ކުރާށެވެ. ޔަގީނުންވެސް ބަރުދަން ލުއި ވާނެ އެވެ.
އެހެންނަމަވެސް ހަނދާން ކުރާށެވެ. ބަރުދަން ލުއި ކުރުމަށް ކޮންމެ ފަދަ ޑައެޓެއް ޖެއްސި ނަމަވެސް، ކަސްރަތު ކުރަން ވާނެ އެވެ. ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ރީތި ކަމާއި ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވެދޭ ކަމެކެވެ.