މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒިލާލާ ހަވާލުކުރައްވައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު "ސަން"އަށް ވިދާޅުވީ ކަރެކްޝަންސްގެ ހިންގުން ޒިލާލާ ހަވާލުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ސަސްޕެންޑު ކޮށްފައިވާތީ ކަމަށެވެ.

ހުޝާމާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ދާދިފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ހުޝާމް ވިދާޅުވީ އިނގިރޭސިވިލާތުގައި ރައީސް ނަޝީދު ބެސްފަރުވާ ކުރަން އިތުރު ކުރި 30 ދުވަހުގެ މުއްދަތު އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ރައީސް ނަޝީދުގެ ސާޖަރީއެއް މިއަދު ނަހަދާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވާތީ ކަމަށް ހުޝާމް ވިދާޅުވި އެވެ.