Last Updated:
10 year 7 month ago

ޑީޕީއެލް: ޓީސީ 1-2 އީގަލްސް

  • ގައުމީ ފުޓްބޯޅަ ދަނޑުން އަލީ ރިފްޝާން، އަހްމަދު މުޖްތަބާ
ބުލޮގު ޚުލާސާ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖްއަށް މަރުހަބާ.

މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު:

މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި ދެ މެޗު ވެސް ނިމިގެންދިޔައީ އެއްވަރުވެގެން. ފުރަތަމަ ބުރުގެ މެޗު 2-2 ލަނޑުން އެއްވަރުވިއިރު، ދެވަނަ ބުރުގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

  • މިދިޔަ ސީޒަނުގެ ލީގު ޓީސީ ސްޕޯޓްސް ކްލަބު ދެ ވަނައިގައި ނިންމާލިއިރު، ކްލަބު އީީގަލްސްއިން ލީގު ނިންމާލީ ތިން ވަނައިގައި.

  • މިދިޔަ ސީޒަނަކީ ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރި ފުރަތަމަ ފަހަރު.
  • މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗުން ޓީސީ މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުން. އަދި މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު ފަސް މެޗަކުން ވަނީ އެއްވަރުވެފަ.
  • މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން ހަ މެޗުން އީގަލްސް މޮޅުވިއިރު، ބަލިވެފައިވަނީ ދެ މެޗުން. އަދި މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު ހަ މެޗަކުން އީގަލްސް ވަނީ އެއްވަރުވެފަ.
22:58

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. ފުރިހަމަ ވަގުތު ހަމަވިއިރު، 2-1 ލަނޑުން ކުރީގައި އޮތީ އީގަލްސް.

22:51

87"- އީގަލްސްއިން ބަދަލެއް ގެނެސްފި. ސިފާއުގެ ބަދަލުގައި ކުޅެން ނުކުތީ ހަމްދާން އިބްރާހިމް.

22:46

82"' ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އީގަލްސްގެ ސިއްދީގު އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.

22:45

81"- ޓީސީއިން އެޓީމުގެ ފަހު ބަދަލު ގެނެސްފި. ނާއިޒްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ނިޒާމް (ނިޒާމްބެ)

22:32

68"- ޓީސީއިން އިތުރު ބަދަލެއް ގެނެސްފި. އިންޝާދުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ނާފިއު.

22:27

ޓީސީއިން ބަދަލެއް ގެނެސްފި. ޝަމްވީލްގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އައްޒާމް.

22:27

ޒާދުއަކީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެއް.

އީގަލްސް، ޓީސީ މެޗުގެ ތެރެން -- ސަން ފޮޓޯ: އަބްދުﷲ ޢަބީދު
22:26

ޒާދު މިލަނޑު ކާމިޔަބުކުރީ އީގަލަސްއަށް ލިބުނު ކޯނަރަކުން އިހުސާން ނަގައިދިން ހުރަހުން ޝިފާން ބޮލުން ޖައްސައި ދިން ބޯޅައިން.

22:25

60"- އީގަލްސްއިން އަލުން ލީޑު ހޯދައިފި.އީގަލްސްއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ޒާދު.

22:23

59"- އީގަލްސްއިން ބަދަލެއް ގެނެސްފި. އަންސަރުގެ ބަދަލުގައި ކުޅެން ނުކުތީ އިހުސާން އަލީ.

22:17

53"- އީގަލްސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ރިޒުވާން އުފެއްދި ހަމަލާ، ކީޕަރު ފަޔާޒް ވަނީ މަތަކޮށްފަ.

22:15

51"- އީގަލްސްއިން ބަދަލެއް ގެނެސްފި. އައިސަމްގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި).

އީގަލްސް، ޓީސީ މެޗުގެ ތެރެން -- ސަން ފޮޓޯ: އަބްދުﷲ ޢަބީދު
22:09

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި. ދެވަނަ ހާފް ފެށީ ޓީސީއިން.

21:53

ފުރަތަމަ ހާފް ނިމިއްޖެ.އީގަލްސް1، ޓީސީ1.

21:51

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް.

21:50

"45- އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ، އޭރިޔާ ތެރޭގައި ހުރި ބޮންޑާއަށް ޖައްސާލި ބޯޅަ ބޮންޑާއަށް ލިބޭވަރެއް ނުވި.

އީގަލްސް، ޓީސީ މެޗުގެ ތެރެން -- ސަން ފޮޓޯ: އަބްދުﷲ ޢަބީދު
21:45

"40- އީގަލްގެ ދެކުޅުންތެރީން ބީޓްކޮށްލުމަށްފަހު ނާއިޒް ވަރަށް ރީތިކޮށް ބޯޅަ ހިފައިގެން އީގަލްސް އޭރިޔާތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވަ ނުލެވި އުޅެނިކޮށް އީގަލްސް ޑިފެންޑަރުން ބޯޅަ ހޯދައި ކުޅުމުގެ ތެރެއަށް ފޮނުވާލީ.

21:42

އީގަލްސް ޕެނަލްޓީ އޭރިޔާޣެ ބޭރުން، ދަނޑުގެ އަރިމަތިން ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން ޔާމީން، އީގަލްސް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޓީސީ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން ކީޕަރު ސުޖަން ޕެރޭރާ މަތަކުރީ.

21:38

"33- އީގަލްސްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން އަރިމަތިން ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން، ގޯލް ކުރިމަތިން ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރި އަހްމަދު ރިލްވާނަަށް ސެންޓޭ ޖައްސާލި ބޯޅަ ރިލްވާން ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

21:27

"22-ޓީސީން ނަތީޖާ ހަމަހަމަކޮށްފި.އެޓީމަށް ލަނޑު ޖަހައިދިނީ ޝަމްވީލު ގާސިމް. އީގަލްސްގެ ޕެނަލްޓީ އޭރިޔާގެ އެތެރޭން އަރިމަތިން ބޮންޑާއަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލީ.

21:16

ސިއްދީގު މިލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތަކުން. އޭނާއަށް ބޯޅަ ލިބުނުއިރު، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށް.

21:14

"9 - އީގަލްސް ލަނޑު ޖަހައިފި.އެޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ސިއްދީގު.

21:13

އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އަލީ ފާސިރު ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޝަމްވީލް ގާސިމަށް ޖައްސާލި ބޯޅަ އޭނާއަށް ލިބުމުގެ ކުރިން އީގަލްސް ކުޅުންތެރީން ދިފާއުކޮށްފި.

21:05

މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ އީގަލްސްއިން.

21:01

އީގަލްސްގެ ފުރަތަމަ 11:

  • ޝިފާން ހަސަން
  • އަހްމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ޝިފާއު ޔޫސުފް
  • އިމްރާން ނަޝީދު - ކެޕްޓަން
  • އަންސަރު އިބްރާހިމް (އަންކޮ)
  • އަހްމަދު ރިޒުވާން
  • މުޖުތާޒް މުހައްމަދު
  • އިބްރާހިމް އައިސަމް
  • ސުޖަން ޕެރޭރާ - ގޯލްކީޕަރު
  • މުހައްމަދު ސިއްދީގު
  • އަހްމަދު ޒާދު
20:57

ޓީސީގެ ފުރަތަމަ 11:

  • ކުދުސް އޮމަލޭޑް ކެލާނީ
  • އަހްމަދު އަބްދުﷲ (ލިލީ)
  • މުރުތަލާ އަދުނާން
  • އަލީ ފާސިރު (ސެންޓޭ)
  • ޔާމީން އިބްރާހިމް (ޔާމްބެ) - ކެޕްޓަން
  • ޝަމްވީލް ގާސިމް (ބޮންޑާ)
  • ނާއިޒް ހަސަން
  • އަބްދުﷲ ފަޔާޒް - ގޯލްކީޕަރު
  • އަލީ އިމްރާން
  • އަހްމަދު ރިލްވާން
  • މުހައްމަދު އިންޝާދު