Last Updated: 10 year 7 month ago
Last Updated:
10 year 7 month ago
ޑީޕީއެލް: ވިކްޓަރީ 2 - 5 ޔުނައިޓެޑް ވިކްޓަރީ
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖްއަށް މަރުހަބާ.
މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު:
- މިއީ އެއްވަނަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ޔުނައިޓެޑް ވިކްޓަރީ މި ޑިވިޝަނުގައި ކުޅޭ ފުރަތަމަ މެޗު. މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޔުނައިޓެޑް ވިކްޓަރީއިން ހޯދިއިރު، އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ.
- ވިކްޓަރީ ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަންގެ ދިވެހި ލީގު ނިންމާލީ ހަތަރު ވަނައިގައި އޮވެ. މިދިޔަ ސީޒަންގެ ލީގުގައި ވިކްޓަރީ ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ފަސް މެޗުން. މިދިޔަ ސީޒަނުގެ ލީގުގައި ހަތް މެޗުން ވިކްޓަރީ ބަލިވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެން.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް.
މެޗުގެ ކުޅުން ނިމިއްޖެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 5-2 ލަނޑުން ކުރީގައި އޮތީ ޔުނައިޓެޑް ވިކްޓަރީ.
90"- ޔުނައިޓެޑް ވިކްޓަރީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފި.އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެރިޗް.
90"- ވިކްޓަރީއިން ލަނޑެއް ކާމިޔާބުކޮށްފި.ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާއަކުން މި ލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ ހަސަން ފައިރޫޒް.
ހައިސަމް މިލަނޑު ކާމިޔާބުކުރީ ޝިމާޒް ނަގައިދިން ރީތި ހުރަހަކުން ބޮލުން ޖަހައި. ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއިރު، އުނދަގުލަކާ ކުރިމަތިވެފައެއް ނުވޭ.
90"- ޔުނައިޓެޑް ވިކްޓަރީން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފި.މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިސަމް.
83"- ޔުނައިޓެޑް ވިކްޓަރީއިން ނުރައްކާތެރި ހަމަލާއެއް އުފެއްދައިފި.ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު މޫސާ ހަސަން އުފެއްދި ހަމަލާ، ކީޕަރު އިފްރާހު ވަނީ ދިފާއުކޮށްފަ.
72"- ޔުނައިޓެޑް ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް.އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ރަފީނިއާ ނަގައިދިން ހުރަހަކުން ކެރިޗް ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވޭ. އޭނާ ހަމަލާ އުފެއްދިއިރު، ވިކްޓަރީގެ ޑިފެންޑަރުންގެ ފަރާތުން އުނދަގުލަކާ ކުރިމަތިވެފައެއް ނުވޭ.
68"- ވިކްޓަރީގެ އާދިލްއަށް ރީނދޫ ކާޑެއް ދައްކައިފި. އޭނާއަށް ރީނދޫ ކާޑެއް ދެއްކީ އަހުސަން ނައީމްއަށް ވިކްޓަރީގެ ހާފްގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން.
66"- ވިކްޓަރީއިން އެޓީމުގެ ފަހު ބަދަލު ގެނެސްފި. ޝާތިރުގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ހަސަން.
ރަފައެލް ބެތިމް މާޓްއަށް ކުރި ފައުލަކާ ގުޅިގެން ވިކްޓަރީގެ އަހްމަދު މުހައްމަދު (އައްމަޑޭ)އަށް ރީނދޫ ކާޑެއް ދައްކައިފި.
އޭނާ މިލަނޑު ކާމިޔަބުކުރީ ޝިމާޒް ދިން ބޯޅައެއް ހިފައިގެން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު އިފްރާހު ކަޓުވާލުމަށްފަހު ގޯލަށް އުފެއްދި ހަމަލާއިން.
61' ޔުނައިޓެޑް ވިކްޓަރީއިން އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފި.އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް ކެރިޗް އަންދްރެޖް.
53"- ވިކްޓަރީއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް.ވިކްޓަރީއަށް ލިބުނު ހިލޭ ޖެހުމަކުން ތަސްނީމް އުފެއްދި ހަމަލާ ވެސް ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ.
ވިކްޓަރީއިން ދެ ބަދަލެއް ގެނެސްފި. ފުރުގާންގެ ބަދަލުގައި އަހްމަދު މުހައްމަދު ކުޅެން ނުކުތްއިރު، ރިސްވާންގެ ބަދަލުގައި ކުޅެން ނުކުތީ އޮމޮދޫ ގޮޑްފްރޭ ވެސްޓް.
52"- ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ވަންޑެލީ އުފެއްދި ހަމަލާ، ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފު:
ރަނގަޅު ކުޅުމެއް ދައްކައި ޔުނައިޓެޑް ވިކްޓަރީއިން ވަނީ ވިކްޓަރީގެ ގޯލަށް ނުރައްކާކޮށްފަ.
- ޔުނައިޓެޑް ވިކްޓަރީއިން ލީޑު ހޯދީ، ވިކްޓަރީއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށްގެން.
- ވިކްޓަރީއިން ލަނޑުޖަހާފައިވަނީ އެޓީމަށް ލިބުނު ހަމައެކަނި ފުރުސަތުން.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، 2-1 ލަނޑުން ކުރީގައި އޮތީ ޔުނައިޓެޑް ވިކްޓަރީ.
މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓްގެ ކުޅުން ދައްކައިފި.
ކެރިޗް ދިން ބޯޅައަކުން ސަފްރާޒް އުފެއްދި ހަމަލާ ދިޔައީ ވިކްޓަރީގެ ގޯލުގެ ކުރިމަތިން ބޭރަށް. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ސަފްރާޒް ހަމަލާ އުފެއްދީ އިތުރު އެއްވެސް ކުޅުންތެރިއެއް ޕެނަލްޓީ އޭރިޔާ ތެރޭގައި ނެތުމުން.
30"- ޔުނައިޓެޑް ވިކްޓަރީއަށް ލިބުނު ޕެނަލްޓީން ލީޑު ހޯދައިފި.އެޓީމަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރެޒިލް ކުޅުންތެރިޔާ ރަފައެލް ބެތިމް މާޓް. އޭނާ އެ ޕަނަލްޓީ ފޮނުވާލާފައިވަނީ ވަރަށް ހަމަޖެހިލާފައި، ގޯލުގެ މެދަށް.
29"- ޔުނައިޓެޑް ވިކްޓަރީއަށް ޕެނަލްޓީއެއް ލިބިއްޖެ.އެޓީމަށް މި ޕެނަލްޓީ ލިބުނީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެރިޗްއަށް އިސްމާއިލް ޝަފީއު ކުރި ފައުލަކާ ގުޅިގެން.
ސަފްރާޒް މިލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިސަމް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި. ސަފްރާޒްއަށް ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވަރަށް ހުސްކޮށް.
24"- ޔުނައިޓެޑް ވިކްޓަރީއިން ނަތީޖާ ހަމަހަމަކޮށްފި.ޔުނައިޓެޑް ވިކްޓަރީއަށް މިލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސަފްރާޒް.
17"- ޔުނައިޓެޑް ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ރަފީނިއާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ކެރިޗް އުފެއްދި ހަމަލާ ވިކްޓަރީގެ ކީޕަރު އިފްރާހު ވަނީ މަތަކޮށްފަ.
ވަންޑެލީ މިލަނޑު ކާމިޔާބުކުރީ ޝާތިރު ދިން ބޯޅަ ހިފައިގެން ގޮސް، ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލަށް ފޮނުވާލި ހަމަލާއިން.
9' ވިކްޓަރީއިން ލީޑު ނަގައިފި.ވިކްޓަރީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ވަންޑެލީ ނިކޮލަސް ޕޯލް.
6"-ޔުނައިޓެޑް ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ޔުނައިޓެޑް ވިކްޓަރީއަށް ލިބުނު ކޯނަރަކުން ނެގި ހުރަހުން ލިބުނު ބޯޅައަކުން ޝިމާޒް ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ވިކްޓަރީއިން.
ވިކްޓަރީގެ ކޯޗު: މުހައްމަދު ނަޒީހު
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު: މުހައްމަދު އާތިފް (އާތި)
ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ 11:
މަހްމޫދު އަލް ޔޫސުފް - ގޯލްކީޕަރު
މަޒުހަރު އަބްދުﷲ
މުހައްމަދު ނަޒާމް
ރަފައެލް ބެތިމް މާޓް
އިބްރާހިމް ޝަފްރާޒް
ހުސައިން ސިމާޒް (ކޮކީ) - ކެޕްޓަން
ކެރިޗް އަންދްރެޖް
އަލީ ހައިސަމް
އަލީ ނަވާޒް
މޫސާ ހަސަން
ހުސައިން ޝުއައިބް
ވިކްޓަރީގެ ފުރަތަމަ 11:
އިބްރާހިމް ފުރުގާން
އިސްމާއިލް ޝަފީއު - ކެޕްޓަން
މުހައްމަދު ތަސްނީމް
ވަންޑެއްލީ ނިކޮލަސް ޕޯލް
އިބްރާހިމް ޝާތިރު
އިބްރާހިމް އިފްރާހު އަރީފް - ގޯލްކީޕަރު
ހަސަން ފައިރޫޒް
ޝިމޮނޯ އަޓްސުޝީ
އާދިލް އަބްދުލް ރަހްމާން
އަލީ ޝަރީފް
މުހައްމަދު ރިޝްވާން