އެކުއެޑޯއަށް ބާރުގަދަ ބިން ހެލުމެއް އައިސް 400 ވަރަކަށް މީހުން މަރުވިތާ ތިން ދުވަސް ފަހުން އަނެއްކާ ވެސް އެގައުމުގެ އައްސޭރިފަށް ކައިރިއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

މިފަހަރުގެ ބިން ހެލުން އައީ އެކުއެޑޯގެ އައްސޭރިފަށުގައި އޮންނަ އެޒެމެރަލްޑާގެ ހުޅަނގު އުތުރުން 70 ކިލޯ މީޓަރު ދުރުންނެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިން ކަމަށް ބުނެފަ އެވެ.