މިއަދުން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މާދަމަ އަށް އަލިވާނެ ކަމަށް ބެލެވޭ ކަމަށް މެޓްއޮފީހުން ބުނެފި އެވެ.

ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ މީގެ ދެތިން ދުވަހެއް ކުރިން ދެކުނަށް ކުރަމުން ދިޔަ ވިއްސާރަ މިއަދުން ފެށިގެން މުޅި ރާއްޖެ އަށް ދަނީ ކުރަމުން ކަމަށެވެ.

މުޅި ރާއްޖެ އަށް ވިއްސާރަ ނަމަވެސް މިއީ ހުޅަނގުމޫސުމުގެ ވިއްސާރައެއް ނޫން ކަމަށާއި މާދަމާ ނުވަތަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މޫސުން އަލިވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިމޫސުމުގައި އެ ހާދިގުލައިގެން ދާނެ ކަމަކަށް ނުދައްކާ، ރާއްޖެ މަތީ ލޯޕްރެޝާ ޓްރަފެއް މަޑުމަޑުން އުތުރަށްޖެހި ރާއްޖެ ފަހަނައަޅާދާވަރުގައި މިހާރު އެއިނީ ގާތްގަނޑަކަށް." އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުން އަލިވުމަށް ފަހު ދެން ވެސް އަނެއްކާ ފެށިގެންދާނީ ހޫނު މޫސުމުގެ ދުވަސްތަކެއް ކަމަށެވެ.

މޭމަހުގެ 22 އާ ހަމައަށް ހޫނު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ. މި މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން 34 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށް ވެސް މެޓްއޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.