20 Apr 2016, 13:03
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ މަސައްކަތްތަކުގައި ގެންގުޅޭ ވެހިކަލެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެ، ހާނީއްކައެއް ވެފައެއް ނުވެ އެވެ. ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ވެހިކަލް އަށް ވަނީ ގެއްލުންތަކެއްވެފަ އެވެ.
އައިއެންއައިއޭގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ އަލަށް އޭޕްރަން ހަދާ ސަރަހައްދުގައި ތާރު އެޅުމަށް ބޭނުންކުރާ ވެހިކަލެއްގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަލިފާން ރޯވިތާ ފަސްވަރަކަށް މިނަޓް ތެރޭގައި އެއާޕޯޓް ފަޔާ ރެސްކިއު ޓީމުން އަލިފާން ނިވާލާފައިވާ ކަމަށެވެ.
އަލަށް އޭޕްރަން ހަދާ ސަރަހައްދުގައި ހިނގި ހާދިސާއަކަށް ވާތީ އައިއެންއައިއޭގެ އެއްވެސް އޮޕަރޭޝަނަކަށް ބުރުލެއް އަރާފައެއް ނުވެ އެވެ.