ބޯވެލި ފަތް ނުވަތަ ސްޕިނެޗަކީ ތަފާތު ވައްތަރުގެ ސެލެޑު ތައްޔާރު ކުރުމަށާއި ބުއިންތައް ތައްޔާރު ކުރުމަށް އަދި ކެއްކުމަށް ވެސް ބޭނުން ކޮށްއުޅޭ ފަތުގެ ބާވަތެކެވެ. ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިއްބައިދޭ ބޯވެލި ފަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމު ގޮތެއްގައި ބޭނުން ކުރެ އެވެ.

ކަށީގެ ދުޅަހެޔޮ ކަމަށް ބޯވެލިފަތް:

ވިޓަމިން ކޭ ބޭނުން ކުރާ މިންވަރު މަދުވެއްޖެ ނަމަ، ކަށިތައް ފީވުމަށް ނުވަތަ ހަލާކުވުމަށް މަގުފަހިވެ އެވެ. އެހެންކަމުން ބޯވެލިފަތް ފަދަ، ގިނަ އަދަދަކަށް ވިޓަމިން ކޭ އެކުލެވޭ ކާނާ ވީހާ ވެސް ގިނައިން ބޭނުން ކުރުން މުހިއްމެވެ. ބޯވެލިފަތުގައި ގިނަ އަދަދަކަށް ވިޓަމިން ކޭ އެކުލެވިގެންވެ އެވެ.

ކެންސަރު ޖެހުމުން ދުރުކޮށްދޭ:

މީޓް ---

ބޯވެލިފަތުގައި ކްލޮރޯފީލް ކިޔާ މާއްދާއެއް އެކުލެވެ އެވެ. އެއީ ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް މަތީ ޓެމްޕަރޭޗާއެއްގައި ރޯ ފިލުވާ އިރު އުފެދޭ ކެމިކަލް އެއް ކަމަށްވާ ހެޓްރޯ ސައިކްލިކް އެމިން ބްލޮކު ކޮށްދޭ މާއްދާ އެކެވެ. ހެޓްރޯ ސައިކްލިކް އެމިން އަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ކެމިކަލެކެވެ.

ލޮލުގެ ދުޅަހެޔޮ ކަމަށް:

ލޯ ---

ބޯވެލިފަތުގައި ލުޓެއިން ކިޔާ މާއްދާއެއް އެކުލެވެ އެވެ. އެއީ ލޯ ހަލާކުވުމާއި ތަފާތު ބަލިތަކުން ލޯ ދިފާއުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ލޮލުގެ ދުޅަހެޔޮ ކަމަށް ބޯވެލިފަތް ވީހާ ވެސް ގިނައިން ބޭނުން ކުރާށެވެ.

މައުލޫމާތު: 1 މިލިއަން ހެލްތު ޓިޕްސް