ގަލޮޅު ދިލްކަޝްގެ 3 ވަނަ ފަންގިފިލާގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ޝްރީލަންކާގެ ރައްޔިތެއްކަމަށްވާ ޕަތުމާސިރި ޖަޔަސިންހަ ނަމަކަށް ކިޔާ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މާލެ ގެއެއްގައި މީހަކު މަރުވެފައި އޮށްވާ ފެނުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:45 އެހާކަށްހާއިރު ކަމަށެވެ. އަދި މަރުވެފައި އޮތް މީހާގެ ހަށިގަނޑު އޭޑީކޭ އަށް ގެންގޮސް މިހާރު ބަލަންޖެހޭ ބެލުންތައް ބަލައި ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި ބުނީ މިހާތަނަށް ބެލި ބެލުމުން އޭނާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ތުހުމަތު ކުރެވޭ އެެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.