ނިއުޔޯކް ސިޓީ(އޭޕްރިލް 20): އެމެރިކާގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ހޮވުމަށް ރިޕަބްލިކަން ޕާޓީންނާއި ޑިމޮކްރަޓިކް ޕާޓީން ނިއުޔޯކުގައި ބޭއްވި ޕްރައިމަރީން ހިލަރީ ކްލިންޓަން އާއި ޑޮނަލްޑް ޓްރަމްޕް ކުރި ހޯއްދަވައިފި އެވެ.

ނިއު ޔޯކަށް އުފަން ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕަށް އިއްޔެގެ ކާމިޔާބީ ވެގެން ދިޔައީ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކަށް ވުމުގެ ފުރުސަތު ބޮޑު ކުރުވި ކާމިޔާބީ އަކަށެވެ. އިއްޔެގެ ކާމިޔާބީއާ އެކު މިހާރު ޓްރަމްޕަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދަކީ 894 އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ބޭނުންވަނީި 1،237 ޑެލިގޭޓުންނެވެ.

އަދި ނިއުޔޯކުގެ ސެނެޓަރު ކަން ކުރައްވާފައިވާ ހިލަރީ ކްލިންޓަނަށް ޕްރައިމަރީ ކާމިޔާބު ކުރެވުމުން އޭނާއަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު ވަނީ 1،893 އަށް އަރާފަ އެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ބޭނުންވަނީި 2،383 ޑެލިގޭޓުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. (އަލްޖަޒީރާ)