06 May 2011, 00:35
00:41 މިވަގުތު ވާރޭ ވެހެމުން އެބަދޭ. މުޒާހާރާ ކުރާ މީހުން މިވަގުތު ތިބީ ފިހާތަކުގެ އަސްކަނިތައް ދޮަށަށް ވަދެ. ބައެއް މީހުން ބުނާ ގޮތުގައި މިރޭގެ މުޒާހަރާ ދެން ކުރިޔަކަށް ނުދާނެ. އެއީ މާދަމާގެ ހުކުރަށް ފަހު ބާއްވާ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން
http://www.youtube.com/watch?v=vZViFFeNSQg
00:35 އަނެއްކޭވާސް ޖަންކްޝަން މައިދާނުގައި ދިދައެއް ނަގައި އަނެއްކާވެސް މުޒާހަރާ ކުރަން ފަށައިފި. ފުލުހުންނެއް ނުފެނޭ. މިހާރު ވެސް 400 އެއްހާ މީހުން އެބަތިބި. ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ހައްޔަރު ކުރި ކަމަށް ބުނާ ހަބަރެއް ވެސް ލިބޭ، ޔަގީނެއް ނުވޭ
http://sun.mv/albums/l_848.jpg
00:28 ޖަންކްޝަން ހަތަރުއަނގޮޅީގެ އެކިދިމަ ދިމާގައި ތިބެގެން މިހާރު ޝުއޫރު ފާޅު ކުރަމުން އެބަދޭ. ގޮވަމުންދަނީ ތަކެތީގެ އަގު ހެޔޮ ކުރުމަށް
http://www.sun.mv/albums/l_845.jpg
00:23 ރިޔާޒު ރަޝީދާއި ސަންދާނު އަހަންމާއިދީ އާއި އަދިވެސް އިތުރު ފަރާތްތައް ޖަންކްޝަން ކަންމަތީގައި ޝުއޫރުފާޅު ކުރަމުން އެބަދޭ
23:36 މުޒާހަރާ ރުޅި އެކި ދިމަދިމާލުގައި
23:36 ކަރުނަގޭސް ޖަހައިފި، މުޒާހަރާ ރުޅާލާނެ ކަމުގެ އިންޒާރު އެބަދޭ. ) ފަހުން އެނގުނު ގޮތުގައި ޖެހީ ޕެޕާ ސްޕްރޭ(
23:23 މަހުލޫފު ވެސް ހައްޔަރުކޮށްފި
23:17 މުޒާހަރާގެ ބައިވެރިން ބިންމަތީގައި އިށީނދެއްޖެ ފުލުހުން ދެވަނަ އިންޒާރު ދީ މުޒާހަރާ ރޫޅައިލާނެ ކަމަށް ބުނަން ފަށައިފި. މިވަގުތު ހުރިހާ އެންމެވެސް ތިބީ ބިންމަތީގައި އިށީނދެގެން
23:16 ފުލުހުންގެ ގޭސް މާސްކު އަޅައި ތައްޔާރީ ހާލަތަކަށް އަތުވެއްޖެ، ފަރިޔާޒަ ހައްޔަރ ކުރި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ކަަމަށް ބުނެ
23:13 ވީޓީވީ ސްޕޯޓްސް ޖާނަލިސްޓް ފަރިޔާޒް ހައްޔަރުކޮށްފި
22:54 މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ ކެންޕަސް ކުރިމަތީގައި. އެސަރަަހައްދުގައި ފުލުހުންގެ ސަފުތައް ވަނީ ރުކުރުވާލާފައ. މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ ޖަންކްޝަން ކަންމައްޗަށް ދިއުމަށް
http://sun.mv/albums/l_862.jpg
22:54 ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ހައްޔަރުކޮށްފި
22:34 މުޒާހަރާގެ ބައިވެރިން މިވަގުތު އިސްކަންދަރު ސްކޫލާ ހަމައިގައި. ފުލުހުން ވަނީ އެހިސާބު ބަންދުކޮށްލާފައި. އިތުރު ހަމަނުޖެހުމެއް ނުހިނގާ. މުޒާހަރާގެ ބައިވެރިން އަންނަނީ އިތުރުވަމުން.
22:34 މުޒާހަރާގެ ބައިވެރިން ނަސަންދުރައާ ހަމާގައި. ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ
22:34 ފުލުހުންނާ އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގަމުން އެބަދޭ. ބައެއް މީހުންނަށް އަނިޔާ ވެއްޖެ
22:33 މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ދެންމެ ވަނީ ވެލި އުކާފައި . މިހާރު މުޒާހަރާގެ ބައިވެރިން ނައްޓާލައިފި
22:16 އިތުރު ހަމަނުޖެހުމެއް ނުހިނގާ. ޒުވާނުން ގެންދަނީ ވާހަކަތައް ދައްކަމުން
22:08 ފުލުހުން މުޒާހަރާ ރޫޅާލާނެ ކަމުގެ އިޝާރާތް ކުރަން ފަށައިފި. ދެމީހުން ހައްޔަރކޮށްފި
21:33 އަލްޖީޒާރާގެ ނޫސްވެރިން މުޒާހަރާގެ ތެރެއަށް ވަދެ ކަވަރު ކުރަން ފެށުމާއެކު ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ކުރިންވެސް ތިބި ތަނަށް ފަހަތަށް ޖެހިއްޖެ
http://sun.mv/albums/l_854.jpg
21:33 މުޒާހަރާގެ ބައިވެރިން ކުރިޔަށް ދަނިކޮށް ބޮޑުތަކުރުފާނު މަގާ ހަމައަށް ފަހަތަށް ޖައްސައިފި. އެކަމުގައި ހަރަކާތްތެރިވެފައިވަނީ އާދައިގެ ފުލުހުން
21:33 1000 އަށް ވުރެ ގިނަ މީހުންނާ ދިމާއަށްރަޔަޓް ގިޔަރު ފުލުހުން ކުރިޔަށް ޖެހެން ފަށައިފި
21:21 އުމަރާ އިލްހާމް އަދި މަހްލޫފު ކުރީގައި ތިބެގެން މިހާރު މުޒާހަރާގެ ބައިވެރިން ވަތަނިޔާއާ ހަމައަށ ދަތުރުކޮށްފި އަދި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުފެނޭ. މީހުން ވަރަށް ގިނަ. ފުލުހުން ވެސް އެހާ ގިނަ
http://sun.mv/albums/l_855.jpg
21:21 ރޭގެ މުޒާހަރާގައި އަނިޔާވި އަޑުބަރޭ ބެލި ލަންކާ ޑޮކްޓަރު ބުނެފައި ވަނީ އަޑުބަރޭގެ މޭމަތީގެ ސޮފްޓް ތިޝޫއަކަށް ގެއްލުންވެފައިވާ ކަމަށް. އޭނާ އަދި ހޮސްޕިޓަލުން ދުލެއް ނުކުރޭ. ހާލު ރަނގަޅު
21:18 ވަރަށް ގިނަ އަދަދަކަށް މީހުން ޖަމާވެެއްޖެ. މަޖިލިސް މެންބަރުންވެސް އެބަތިއްބެވި. ރަޔަޓް ގިޔަރު ފުލުހުން މިވަގުތު ތައްޔާރީ ހާލަތުގައި. އެމީހުން ތިބީ ހެންވޭރު ދަނޑާ ހަމާގައި.
ޑޮލަރުގެ އަގު ބޮޑުކުރުމުން ތަކެތީގެ އަގު އުފުލުމާ ގުޅިގެން ޒުވާނުން އިސް ނަގައިގެން އެޕްރީލް30، 2011 ގައި ފަށާއި ސިލްސިލާ ކުރަމުންދާ މުޒާހަރާގެ ސިލްސިލާގެ ހަވަނަ މުޒާހަރާ މިރޭވެސް 8:45 ގައި އާޓިފިޝަލް ބީޗްގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ.
މިރޭ މުޒާހަރާ ފަށާއިރު ސުލްހަވެރިކަމާ އެކު ކުރާ މުޒާހަރާތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ. އެ ކޮމިޝަނުން މިއަދު ބުނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިނދު، އެ މުޒާހަރާތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ހަމަނުޖެހުން އުފެދޭނެ އެއްވެސް އަމަލެއް ނުހިންގުމަށެވެ. އަދި އެފަދަ މުޒާހަރާތައް ރޫޅާލުމުގައި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް ފުލުހުންގެ އަމަލްތައް ބެހެއްޓުމަށް ވެސް އެޗްއާރްސީއެމްއިން ގޮވާލައިފައިވެ އެވެ.
މިރޭގެ މުޒާހަރާ ކަވަރު ކުރުމުގައި އަލްޖަޒީރާގެ ހަތަރު ނޫސްވެރިން ބައިވެރިވެ އެވެ. އަލްޖަޒީރާގެ ނޫސްވެރިން ރާއްޖެ އައިސްފައި ވަނީ "ވަން އޯ އީސްޓް" ޕްރޮގްރާމްގެ އެޑިޝަން ރާއްޖޭ މުޒާހަރާތަކަށް އަމާޒުކޮށް ތައްޔާރު ކުރުމަށެވެ. އަލްޖަޒީރާ ނޫނަސް ދުނިޔޭގެ އެހެން ގައުމުގެ ތަކުގެ ނޫސްވެރިންވެސް މި ސިލްސިލާ މުޒާހަރާތައް ދަނީ ކަވަރު ކުރަމުންނެވެ.
މިރޭގެ މޫސުން: މާލޭގެ މޫސޫމް އޮތީ ސާފުކޮށް އަލިކޮށެވެ.
________________________________________________________
ލައިވް ބްލޮގް އަޕްޑޭޓް: މުންޑޫ އާދަމް ހަލީމް، ހުސައިން ހަސަން، އަހުމަދު ނާއިފު، އަލީ ނަސީރު އަދި މުހައްމަދު އަފްޒަލް )އަޕޯ(