Last Updated:
10 year 7 month ago

ޑީޕީއެލް: ވެލެންސިއާ 3-0 ބީޖީ

  • ގައުމީ ފުޓްބޯޅަ ދަނޑުން: އަހްމަދު މުޖްތަބާ، އަލީ ރިފްޝާން
ބުލޮގު ޚުލާސާ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބު ވެލެންސިއާ އާއި ބީޖީ ސްޕޯޓްސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖްއަށް މަރުހަބާ.

މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު:

  • މިދިޔަ ސީޒަންގެ ފުރަތަމަ ބުރުގައި ވެލެންސިއާ އަތުން 3-1 ލަނޑުން ބީޖީ މޮޅުވިއިރު، ދެވަނަ ބުރުގައި ބީޖީ އަތުން 3-5 ލަނޑުން ވެލެންސިއާ ވަނީ މޮޅުވެފައި.
  • މިދިޔަ ސީޒަންގެ ލީގުގެ ހަ ވަނައިގައި އޮވެ ވެލެންސިއާއިން ލީގު ނިންމާލިއިރު، ބީޖީއިން ލީގު ނިންމާލީ ހަތް ވަނައިގައި އޮވެ.
23:02

މެޗު ނިމިއްޖެ.

23:00

ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭން ބީޖީގެ އަލީ ނަސޫހް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރީ.

22:57

މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ.އިތުރު ވަގުތުގެ ގޮތުގައި 5 މިނިޓް.

22:49

"83-ބީޖީއިން އަނެއްކާވެސް ބަދަލެއް:މުހައްމަދު ޖައިލަމްގެ ބަދަކުގައި އަލީ ނަސޫހް ރަޝީދު

22:46

79"- ބީޖީއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިއްޖެ.އިބްރާހިމް ޝިޔާމް ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑެނިއެލް އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފަ.

22:43

"77-ވެލެންސިއާއިން އަނެއްކާވެސް ބަދަލެއް:އަހްމަދު ރިލްވާންގެ ބަދަލުގައި ކުޅެން އަރަނީ ޔޫސުފް ރަމީޒް.

22:35

ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަމްދާންއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ، ގޯލާ އަމާޒެއް ނުވޭ.

22:32

ބީޖީން އަނެއްކާވެސް ބަދަލެއް:ޞަލާހްގެ ބަދަލުގައި ކުޅެން އެރީ ހުސައިން އަފްސަލް

22:26

ވެލެންސިއާއިން ބަދަލެއް.ހުސައިން ނިހާންގެ ބަދަލުގައި ކުޅެން އެރީ ޗިޒީ ކަކާ ޗިންޑާ

22:26

ވެލެންސިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.އަކްރަމް ދިން ބޯޅައަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ނިހާން އުފެއްދި ހަމަލާ ކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފަ.

22:24

ބީޖީއިން ބަދަލެއް ގެނެސްފި. އަބްދުﷲ ޒިޔަންގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ހަމްދާން.

22:21

ވެލެންސިއާގެ ތިންވަނަ ލަނޑު އެންޖެލް މުނޯޒް ކާމިޔާބުކުރީ ނިހާން ދިން ބޯޅައަކުން.

22:20

"53- ވެލެންސިއާއިން ތިން ލަނޑުގެ ލީޑެއް ހޯދައިފި.ވެލެންސިއާއަށް މިލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެންޖެލް މުނޯޒް.

22:19

47"- ވެލެންސިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިހާން އުފެއްދި ހަމަލާ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ. ނިހާންއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

22:12

'46- ދެވަނަ ހާފްގެ ކުޅުން ފަށައިފި.

22:10

ދެވަނަ ހާފް ފެށުމަށް ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

21:54

ފުރަތަމަ ހާފް ނިމިއްޖެ.

21:52

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް ދީފި.

21:46

މެޗުގެ ކޮންޓްރޯލް ނަގައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނީ ވެލެންސިއާ.

21:44

45"- ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު ޖައިލަމް އުފެއްދި ހަމަލާ، އުނދަގުލެއް ނެތި ކީޕަރު ފައިސަލް ވަނީ ހޯދައިފަ.

21:43

މުނޯޒް ދިން ރީތި ބޯޅައިން ރިލްވާން އުފެއްދި ހަމަލާ އަމާޒުވީ، ބީޖީގެ ގޯލުގެ ތިރީ ކަނަށް. މިލަނޑާއެކު 2-0 ލަނޑުން ކުރީގައި އޮތީ ވެލެންސިއާ.

21:42

"39- ވެލެންސިއާއިން ލީޑު ފުޅާކޮށްފި.ވެލެންސިއާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިލްވާން.

21:37

ވެލެންސިއާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އެންޖެލް މުނޯޒް. އޭނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލިއިރު، ވެލެންސިއާގެ ގޯލްކީޕަރު ހަނީފް ސާގިބް ހުރީ ފުދޭވަރަކަށް ކުރިއަށް ނުކުމެ.

21:36

"34- ވެލެންސިޔާ އިން ބަދަލެއް.ހަސަން އަދުހަމްގެ ބަދަލުގައި ކުޅެން އެރީ އަބްދުލް ވާހިދު އިބްރާހީމް.

21:28

"31- ވެލެންސިއާއިން ލީޑު ނަގައިފި.ވެލެންސިއާ އަށް ލަނޑު ޖަހައި ދިނީ އެންޖެލް މުނޯޒް

21:17

ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ.ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބީޖީގެ ޑެނިއެލްއަށް ލިބުނު ބޯޅައިން އޭނާ އުފެއްދި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ފައިސަލް ދިފާއުކޮށްފި.

21:13

މި މެޗުގެ ރެފްރީކަން ކުރަނީ، ޝިފާން އަބްދުއްރަހީމް. އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ތިބީ އަހްމަދު ޣިޔާސްއާއި އިސްމާއީލް މުމްތާޒް.

21:11

ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން ބީޖީގެ ކެޕްޓަން ޑެނިއެލް އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި. އޭނާއަށް ބޯޅަ ލިބުނުއިރު، ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށް.

21:07

1"- ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ގޯލްކީޕަރު ހަނީފް ސާގިބް ސާފުކޮށްލަން ފޮނުވާލި ބޯޅަ އެންޖެލް މުނޯޒް ފައިގައި ޖެހިފައި ބީޖީގެ ގޯލުގެ ތެރެއަށް ނުވަނީ ކިރިޔާ.

21:07

މެޗު ފަށައިފި.

21:06

ބީޖީގެ ފުރަތަމަ 11:

  • ހަނީފް ސާގިބް (ގޯލްކީޕަރު)
  • މުހައްމަދު ނިޒާމް
  • މުހައްމަދު ސާބިގް
  • މިގްދާދު ސައީދު
  • އިބްރާހީމް އަފްލާހް
  • ޞަލާހް
  • އަބްދުﷲ ޒިޔާން
  • މުހައްމަދު ޖައިލަމް
  • އަހްމަދު ޖައިލަމް
  • އިބްރާހީމް ޝިޔާމް
  • ޑެނިއެލް ފިލެމަން (ކެޕްޓަން)
21:05

މެޗް ކިކްއޮފް ކުރަނީ ބީޖީ.

21:01

ކްލަބް ވެލެންސިއާގެ ފުރަތަމަ 11:

  • މުހައްމަދު ސިފާން
  • އަހްމަދު ވިސާމް
  • އަހްމަދު ރިލްވާން
  • އެންޖެލް ކެރެސޮސާ މުނޯޒް
  • ހުސައިން ނިހާން
  • އަކްރަމް އަބްދުލް ޣަނީ
  • މުހައްމަދު އާރިފް
  • ހިސާމް ސަލީމް
  • ހަސަން އަދުހަމް
  • މުހައްމަދު ފައިސަލް (ގޯލްކީޕަރު)
  • ޝާފިއު އަހްމަދު (ކެޕްޓަން)
21:01

ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން މިހާރު މެޗު ފެށުމަށް ތައްޔާރުވުމުގެ ގޮތުން ދަނޑަށް ނުކުމެއްޖެ.

21:00

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ތައްޔާރުވަމުން މިދަނީ އުރީދޫ ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ މެޗް.