ކުޑަ ފިރިހެން ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ކުޑަ ފިރިހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ކުޑަ ފިރިހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގައިގެން ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފައި ވާއިރު، ދާދިފަހުން ވަނީ ނުވަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 42 އަހަރުގެ ފިރިހެނަކު މާލެއިން ހައްޔަރުކޮށްފަ އެވެ.