Last Updated: 10 year 7 month ago
Last Updated:
10 year 7 month ago
ޑީޕީއެލް: ނިއު 2-3 މާޒިޔާ
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަކުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު:
- ސީޒަން ހުޅުވުމުގެ ގޮތުން މި މަހުގެ 6 ވަނަ ދުވަހު މި ދެޓީމު ބައްދަލު ކުރި މެޗު މާޒިޔާ ވަނީ 1-0 ލަނޑުން ނިއު އަތުން މޮޅުވެފައި.
- މިދިޔަ ސީޒަންގެ ދިވެހި ލީގުގައި މިދެ ޓީމު ވާދަކުރި ފުރަތަމަ މެޗުން ނިއުރޭޑިއަންޓް ވަނީ 1-0 އިން އަދި ދެވަނަ ބުރުގެ މެޗުގައި 3-1 އިން މޮޅުވެފައި.
- މި ދިޔަ ސީޒަންގެ ލީގު ނިއުއިން ކާމިޔާބުކުރި އިރު، މާޒިޔާ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގައި.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވާދަކުރާނީ، ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި.
މެޗު ނިމިއްޖެ.ނިއު 2، މާޒިޔާ 3.
ކުޅުން އަލުން ފަށައިފި.
މަޣްރިބު ނަމާދު ބަންގިއަށް މެޗުގެ ކުޅުން މިވަނީ މެދު ކަނޑާލާފައި. މެޗުގެ ބާކީ އޮތީވެސް 30 ވަރަކަށް ސިކުންތު.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 3 މިނިޓް ކުރިއަށް ދަނީ.
މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުއަށް ލިބުނު ހިލޭޖެހުން ކުރިއަށް ފޮނުވާލީ ހަމްޒާ. ހަމްޒާ ފޮނުވާލި ބޯޅަ ކީޕަރު އިމްރާނުގެ އަތަށް.
90- އައްސަދު އަލީ ނިއުގެ ހަމްޒާއަށް ފައުލުކުރުމުން ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި.
"88- ނިއުއަށް ނަތީޖާ އެއް ވަރު ކުރަން ރަނުގެ ފުރުސަތެއް. ރިލޭ ވަރަށް ރީތިކޮށް މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރޭން މެއިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލީ. އެހެން ނަމަވެސް ބޯޅަ ދިޔައީ މާމަތިން ބޭރަށް.
ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އުމޭރު ހުރަސްކޮށްލި ބޯޅަ ނިއުގެ ކަރަމް ބޮލުން ޖަހައި ބޭރުކޮށްލީ.
ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން މާޒިޔާއަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަަނީ އުމޭރު.
މާޒިޔާގެ ގޯލަށް އަމާޒުކޮށް ހޮކޭ ފޮނުވާލި ބޯޅަ ކީޕަރު އިމްރާނު އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލީ.
ބޮކުރީ ނަގައިދިން ރީތި ހުރަހަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އުމައިރު. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އުމައިރު ބޮލުން އުފެއްދި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
78"- މާޒިޔާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފި.
76"- މާޒިޔާގެ ހާފްގެ ތެރެއިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ރިލްވާން ނުރައްކާ ކުރުމުގެ ކުރިން ޑިފެންޑަރު ސަމޫހު އެ ބޯޅަ ހޯދައިފި.
ކަރަމް ކުޅެން ނުކުތުމާއެކު ނިއުގެ ކެޕްޓަން ހޮކޭ މިހާރު ހަރަކާތްތެރިވަމުން ދަނީ މެދުތެރޭގައި.
ނިއުއިން ފުރަތަމަ ބަދަލު ގެނެސްފި. ނިޔާގެ ބަދަލުގައި ކުޅެން ނުކުތީ ޑިފެންޑަރު މުހައްމަދު ކަރަމް.
67' މާޒިޔާއަށް ގާތްގާތުގައި ފުރުސަތުތަކެއް ލިބިއްޖެ.ނިއުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އުމައިރު ފޮނުވާލި ހަމަލާ ވެލިޗްކޯވް ދިފާއުކުރިއިރު، އަސަދުﷲ ފޮނުވާލި ހަމަލާވެސް ވަނީ ބްލޮކްވެފައި.
މާޒިޔާގެ ފަހު ބަދަލު ގެނެސްފި. އިމާޒްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ނާޝިދު (ނައްޓޭ).
މާޒިޔާއިން ބަދަލެއް ގެނެސްފި. އިރުފާނުގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އުމައިރު.
ބޮކުރީ ނަގައިދިން ހުރަހަކުން މާޒިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ.
59"- މާޒިޔާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފި.
ގާސިމް ސަމާމް ނަގައިދިން ބޯޅަ ނުރައްކާވުމުގެ ކުރިން ނިއުގެ ކީޕަރު އެ ބޯޅަ ހޯދައިފި. އެ ބޯޅަ ލިބޭތޯ އިސްމާއިލް އީސާ ވެސް މަސައްކަތްކުރި.
"46- ދެވަނަ ހާފް ފަށައިފި.
ދެވަނަ ހާފްގެ ކުޅުން ފެށުމަށް ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުންނަނީ.
- މެޗުގެ 23 ވަނަ މިިނިޓްގައި ނިއުއަށް ލީޑު ނަގައި ދިނީ، އިއްޒަތު އަބްދުލް ބާރީ.
- އެހެން ނަމަވެސް އޭގެ ތިން މިނިޓް ފަހުން މާޒިޔާއަށް ލިބުނު ޕެނަލްޓީއަކުން އަސަދުﷲ ވަނީ އެޓީމަށް ނަތީޖާ 1-1 އިން އެއްވަރުކޮށްދީފައި.
- ނިއުއަށް ދެވަނަ ފަހަރަށް ލީޑު ނަގައި ދިނީ، 43 ވަނަ މިނިޓްގައި ވެލިޗްކޯފް.
ފުރަތަމަ ހާފް ނިމުނުއިރު ނިއު މިވަނީ، ލީޑު ނަގާފައި.
ފުރަތަމަ ހާފްގެ 45 މިނިޓް ހަމަވުމާއެކު ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ރަޝީދު މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރެއާށް ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ، ވެލިޗްކޯފް ބޮލުން ޖަހައި.
"43- ނިއު ދެވަނަ ލަނޑު ޖަހައިފި.ލަނޑު ޖެހީ ވެލިޗްކޯފް
"41- މާޒިޔާގެ ޒިވްކޯއަށް ރީނދޫ ކާޑެއް.ހަމްޕު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީ އޭރިޔާއާ ދިމާއަށް ދަނިކޮށް، މާޒިޔާގެ ޒިވްކޯ ހަމްޕުއަށް ފައުލް ކުރީ. ދެކުޅުންތެރީންނަށް ވެސް ކޮންމެވެސް އަނިޔާ ވެފައި ވަނީ.
ފުރަތަމަ ހާފްގެ 40 މިނިޓް ކުޅެވިއްޖެ. ދެޓީމުގެ ފަރާތުންވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަމުން ދަނީ.
ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން އަސަދުﷲ، އިމާޒަށް ޖައްސާލި ބޯޅަ އޭނަ ކޮންޓްރޯލް ކޮށްލާފަ ފޮނުވާލީ. އެހެން ނަމަވެސް ބޯޅަ ދިޔައީ މާ މަތިން ބޭރަށް.
"37- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ހަމްޕު ވަރަށް ރީތިކޮށް ނިއުގެ ނިޔާއަށް ޖައްސާލި ބޯޅަ ނިޔާ ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށް.
"36- މާޒިޔާއަށް ރަނުގެ ފުރުސަތެއް. ބޮކުރީ ނިއުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ އަށް އެރި އަސަދުﷲއަށް ލިބޭވަރެއް ނުވި.
ރިލޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަނީފަށް އީސަ ފައުލުކުރުމުން ނިއުއަށް ހިލޭ ޖެހުމެއް.
"27 - މާޒިޔާ ލަނޑު ޖަހައިފި.އެޓީމަށް ލިބުނު ޕެނަލްޓީ އަސަދުﷲ ވަރަށް ރީތިކޮށް ގޯލްގެ ކަނާތްފަރާތު ތިރީ ކަނަށް ބޯޅަ ފޮނުވާލީ.
"25 - މާޒިޔާއަށް ޕެނަލްޓީއެއް.މާޒިޔާއަށް ޕެނަލްޓީ ލިބުނީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން އަސަދުﷲއަށް މައިކަލް ފައުލްކުރުމުން.
މާޒިޔާގެ ޕެނަލްޓީ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ހަމްޕު ވަރަށް ރީތިކޮށް މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ އިއްޒަތު އަބްދުލް ބާރީ ބޮލުން ޖަހައި.
"23- ނިއު ލަނޑު ޖަހައިފި.ލަނޑު ޖެހީ އިއްޒަތު އަބްދުލް ބާރީ
މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ހިލޭ ޖެހުމެއް.
"21 - ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން އިސްމާއީލް އީސަ ފޮނުވާލި ބާރު ހަމަލާ، ގޯލްގެ ހުރަސް ދަނޑިމަތިން ބޭރު. އީސަ ވަރަށް ބާރަށް ފޮނުވާލި ހަމަލާއެއް.
މާޒިޔާގެ އިރުފާން ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީއޭރިޔާއާ ދިމާއަށް ދަނިކޮށް ހަނީފް އޭނާއަށް ފައުލްކުރީ. މާޒިޔާއަށް ހިލޭ ޖެހުމެއް.
މާޒިޔާގެ ގޯލް ކުރިމައްޗަށް ނިޔާ ހުރަސްކޮށްލި ބޯޅަ ނިއުގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން ކީޕަރު އިމްރާން ބޯޅަ މަތަކޮށްފި.
މި މެޗުގައި މާޒިޔާގެ ކުޅުންތެރީންގެ ފަރާތުން ގިނަ ފައުލުތަކެއް ކުރަމުންދާކަން ފާހަގަކުރެވޭ.
މާޒިޔާ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް އަމާޒުކޮށް ނިއުގެ ފަރުހާދު ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.
"9-މާޒިޔާގެ އިސްމާއިލް އީސައަށް ރީނދޫކާޑެއް.އީސައަށް ރީނދޫ ކާޑު ދެއްކީ އޭނާ ގަސްތުގައި އަތުން ބޯޅަ ކޮންޓްރޯލްކުރުމުން.
ނިއުގެ ހާފްތެރޭން އަސަދުﷲ ބޯޅަ ހިފައިގެން ދާން އުޅުމުގެ ތެރޭގައި ނިއުގެ ޑިފެންޑަރު މައިކަލް އޭނާއަށް ފައުލް ކުރުމުން މާޒިޔާއަށް ޖެހުމެއް.
"5- ނިއުގެ ހަމަލާއެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނިއުގެކުޅުންތެރީން ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ނިޔާއަށް ލިބުނީ. ނިޔާ ވަރަށް ބާރަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާޢުކުރީ.
މެޗު ފަށައިފި.
މެޗު ކިކްއޮފް ކުރަނީ ނިއުއިން.
ރެފްރީ އެސެސަރ: އަހްމަދު އަމީޒް އަދި
މެޗް ކޮމިޝަނަރ: އަހްމަދު ގާސިމް
ފޯތު އޮފިޝަލް: އިސްމާއީލް އިޒްހާން
އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ތިބީ: ޖައުފަރު ރަޝީދު، އަދި ޒަހީރު ހުސައިން
މި މެޗުގެ ރެފްރީއަކީ މުހައްމަދު ޖާވީދު.
މާޒިޔާގެ ފުރަތަމަ 11:
- އަމްދާން އަލީ
- މުހައްމަދު އިރުފާން
- ޒިވްކޯ ޓޮޑޮރޯފް ދިނޭވް
- އަހްމަދު އިމާޒް
- އަސަދުﷲ އަބްދުﷲ (ކެޕްޓަން)
- އިސްމާއީލް އީސާ
- އަސަހަދު އަލީ
- ސަމްދޫހު މުހައްމަދު
- ހުސައިން ނިޔާޒް މުހައްމަދު
- އިމްރާން މުހައްމަދު (ގޯލްކީޕަރު)
- ގާސިމް ސަމާމް
ނިއުގެ ފުރަތަމަ 11:
- ވެލިޗްކޯ މިޓްކޯފް
- ހަމްޒާ މުހައްމަދު
- ފަރުހާދު އިސްމާއީލް
- ރިލްވާން ވަހީދު
- އިއްޒަތު އަބްދުލް ބާރީ
- އަހްމަދު ނިޔާޒް
- އަބްދުﷲ ހަނީފް
- އަހްމަދު ނުހާދު
- މުހައްމަދު ރަޝީދު (ކެޕްޓަން)
- އަބޫ ސުލެމާނާ (ގޯލްކީޕަރު)
- އެވޮނީ ސެގުން މައިކަލް
މެޗު ފެށުމަށް މިހާރު ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.
މިއީ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗު.