18 Apr 2016, 21:21
އެންމެން ވެސް ދައްކަނީ އެއް ވާހަކައެކެވެ. ހުޅުގަނޑު ފަޅައިގެން ގޮސް، ދުންގަނޑަކުން ރަށުގެއް އެއްފަޅި ފޮރުވާލި ވާހަކަ އެވެ. މިއަދު ހަވީރު، މަޖީދީމަގު، ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ވާހަކަ އެވެ.
ތިންގަޑިއިރު ވަންދެން އަނދަމުންދިޔަ ކޯސްޓްލައިން ހާޑްވެއާއަށް ފެން ޖަހައި، އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ކާމިޔާބީއެއް ނުލިބި، ލަސްވި ވާހަކަ ވެސް އެބަ ދައްކަ އެވެ. ސިފައިންނާއި ފުލުހުން މިއަދު ވަރަށް ހިތްވަރު ކުރިއެވެ. ލިބެން ހުރި ވަސީލަތްތަކުން ބޭނުން ކުރެވެން ހުރި އެންމެ މަތީ ދަރަޖައަކަށް ބޭނުން ހިފި އެވެ. ސަލާމާތީ ބާރުތަކުގެ މައްޗަށް މިއަދު ހުރި ހޯދީ ހާޑްވެއާ ފިހާރަ ތެރޭގައި ހުރި ބާރުގަދަ ކެމިކަލްތަކާއި ޕްލާސްޓިކެވެ.
ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް މީހުން، 153،904 މީހުން ދިރިއުޅޭ ވެރިރަށް މާލޭގައި އެފަދަ ބޮޑު ކަމެއް ހިނގުމުން، އެކަމަކާ ކުރިމަތިލާނެ ވަސީލަތްތަކާ އެއްވަރަށް އާންމުންގެ އެއްބާރުލުން ވެސް ބޭނުންވެ އެވެ. އަލިފާންގަނޑު ނިއްވުމަށް ސަލާމަތީބާރުތަކުން މިއަދު ކުރި މަސައްކަތަށް އާންމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނެވެ.

އާންމުންގެ ތެރެއިން ފާހަގަކޮށްލެވޭ ބަތަލެއް މިއަދު ފެނިގެން ދިޔަ އެވެ. މިއަދުގެ ބަތަލަކީ އޭނާއެވެ. ދުވަހު ފޮޓޯއަކީ ވެސް އެއީ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއެއްގައި ފެންނަ ގޮތުން، ކައިރި އިމާރާތެއްގެ މަތީ ފަންގިފިލާއެއްގައި ހުރި މީހަކު ދިޔައީ އޭނާގެ ގެއިން އެ މާސިންގާ އަލިފާންގަނޑު ރޯވެފައި ހުރި ކޯސްޓްލައިން ހާޑްވެއާއާ ދިމާލަށް ފެން ޖަހަމުންނެވެ.
ޝުކުރާއި ތައުރީފު ހައްގެވެ. ބެލެވޭ ގޮތުގައި، އެއީ ސަންފްރަންޓު ފިހާރަ ހުންނަ އިމާރާތެވެ. އެ އިމާރާތުގެ މަތީ ބުރިއެއްގައި މި އާންމު ފަރުދަކު ހުރީ އެކަނިމާ އެކަނި، އޭނާގެ ގޭގައި ހުރި ހޮޅިއެއްގެ އެހީގައި ފެން ޖަހަމުންނެވެ.
ސޯޝަލް މީޑިއާގައި މި މީހާއަށް ޝުކުރާއި ތައުރީފު ދަނީ އޮހެމުންނެވެ.
See the difference, He needs to be praised as a hero!#CoastlineFirepic.twitter.com/5f4rkPO3Q8
— Haman (@OfficialHaman)April 18, 2016
Not for#FUN
Meaningful picture speaks 1000 words!#Humanity#Respectpic.twitter.com/eJFbV9yOvB— Ahmed Reehan (@reekhan999)April 18, 2016
Who is this person!! RT till we find out and salute this extraordinary ordinary citizen#CoastlineFirepic.twitter.com/lZnJCu8vtm
— iMs™ (@imsomania)April 18, 2016