18 Apr 2016, 10:48
ގއ. ދެއްވަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު އިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.
ދެއްވަދޫގައި އަލަށް އިމާރާތްކުރާ އެ މިސްކިތަކީ 504 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ބަޖެޓުން 5.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ އެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 365 ދުވަހެވެ.