17 Apr 2016, 21:10
ޖިންސީ އަމަލަކަށް މަގުފަހިވާ ގޮތަށް ސްކޫލް ކުއްޖަކާ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ މަޝްރޫފުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދު ރޭ ސަން އަށް ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އަންނަނީ ކުރަމުން ކަމަށެވެ. އެސްކޫލު ހިންގުމާއިވެސް މިއަދު އެ މިނިސްޓްރީން ވަނީ ހަވާލުވެފައެވެ.