17 Apr 2016, 17:51
ގައުމީ ބެންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަލަށް އެކަންޓު ހުޅުވާ ފަރާތްތަކަށް ކިޔޫގައި ޖެހިގެން ހިދުމަތް ހޯދުމުގެ ބަދަލުގައި އެޕޮއިންޓްމަންޓު ހައްދައިގެން ހިދުމަތް ދޭ ގޮތަށް ބަދަލުކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، މި މަހު 24 އިން ފެށިގެން އެ ބޭންކުގެ ހޮޓްލައިން 3330200 އަށް ގުޅައި ކުރިއާލައި އެޕޮއިންޓްމަންޓު ހައްދައިގެން އަލަށް އެކައުންޓްތައް ހުޅުވުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހިދުމަތާއެކު ކިޔޫޖެހުމުގެ ބަދަލުގައި އެޕޮއިންޓް ހައްދައި ބޭންކުން ބުނާގަޑިއަކަށް ބޭންކަށް ދިއުމުން އެކައުންޓް ހުޅުމުގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބޭންކުން ބުނާ ޑޮކިއުމެންޓްތަކާއެކު ހުށަހެޅުމުން ހިދުމަތައް އެދޭތާ ފަސް ދުވަހުގެ ތެރޭގައި ހިދުމަތް ދެވިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެޕޮއިންޓްމެންޓްތަކަށް އެކައުންޓް ހުޅުވުމުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔަނަަވެސް ކުއްލިއަކަށް ހައްދަންޖެހޭ އެކައުންޓްތައް ހެދުމުގައި އެހީތެރިވެދޭނެ ކަމަށެވެ.
ބީއެމްއެލްއިން މިހާރު ވެސް ދަނީ 260،000 އެންހާ ކަސްޓަމަރުންނަށް ހިދުމަތްދެމުންނެވެ.