ގއ. ކަނޑުހުޅުދޫގައި އަލަށް އިމާރާތް ކުރި މިސްކިތް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް މިހާރު ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކަނޑުހުޅުދޫ މިސްކިތް ހުޅުއްވައިދެއްވީ މިއަދު މެންދުރު ނަމާދު ވަގުތުގައެވެ.

އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ ރަށުގެ އާބާދީއަކީ 900 އެވެ. އެ މިސްކިތް އިމާރާތްކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.