17 Apr 2016, 11:48
ތަރައްގީގެ މަޝްރޫޢުތަކެއް ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވަދު އަތޮޅު އުތުރުބުރިއަށް ދަތުރުފައްޓަވައިފި އެވެ.
މިއަދު ހެނދުނު ރައީސް ޔާމީން ގއ. އަތޮޅަށް ފުރާވަޑައިގެންފައިވާއިރު، އެ ދަތުރުފުޅުގައި ގއ. ކަނޑުހުޅުދުއަށް ވަޑައިގެން އެރަށު މިސްކިތް ހުޅުއްވުމުގެ އިތުރުން އެ އަތޮޅު ގެމަނަފުއްޓަށާއި ދެއްވަދޫއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައި ދެއްވުމަށް ވަނީ ނިންމަވާފައެވެ.
ހަމައެއާއެކު އެރަށްރަށުގެ ރައްޔިތުންނާއި ރައީސް ޔާމީން ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
އެ ދަތުރުފުޅުގައި ރައީސް ޔާމީންގެ އަރިހުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ބައިވެރިވެ ވަޑައިގަންނަވައެވެ.