ކުއިޓޯ (އޭޕްރިލް 17): އެކުއެޑޯއަށް 7.8 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އައިސް 28 މީހަކު މަރުވެއްޖެ އެވެ.

އެކުއެޑޯގެ އައްސޭރިފަށަށް އައި އެބިންހެލުމާ ގުޅިގެން އެގައުމުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި ގައުމުގެ ސިފައިން މިހާރު ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެކުއެޑޯއަށް އިއްޔެގެ ވަގުތެއްގައި ބިންހެލުން އައީ އެގައުމުގެ އައްސޭރިފަށުގައި އޮންނަ މުއިން ކިޔާ ޝަހަރެއްގެ 27 ކިލޯ މީޓަރު ދުރުން، 19.2 ކިލޯމީޓަރު އަޑިއަށެވެ. އަދި ޕެސިފިކް ސުނާމީ ވާނިން ސެންޓާ އިން ވަނީ "އެކުއެޑޯގެ އައްސޭރިފަށަށް 0.3 މީޓަރަށް އަރާވަރުގެ ސުނާމީއެއް އެރުމަކީ އެކަށީގެންވާ ކަމެއް" ކަމަށް ބުނެފަ އެވެ.

އެކުއެޑޯގެ އަވަށްޓެރި ޕެރޫ އިން ވެސް ވަނީ އެގައުމުގެ އުތުރަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ބީބީސީ)