17 Apr 2016, 08:54
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ދެ ވަނަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމްއެންޔޫ ބިޒްނަސް ސްކޫލް ބަލިކޮށް، ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރު ބޭރު ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ވާދަވެރި ފައިނަލް މެޗުގައި އެމްއެންޔޫ ބިޒްނަސް ސްކޫލްގެ މައްޗަށް ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯ ކުރިހޯދީ 26-25 އިންނެވެ.

އެމްއެންޔޫއެސްޔޫ ދެ ވަނަ ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯ --- ފޮޓޯ: އެމްއެންޔޫއެސްޔޫ
އެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ މަގާމަށް ހޮވުނީ ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯގެ އައިމިނަތު އީމާން އާއި، އެ ޓީމުގެ ސަނާ ޝަފީގާއި، އެ ޓީމުގެ ޝަހްޒާދު ސައީދު އާއި، އެމްއެންޔޫ ބިޒްނަސް ސްކޫލުގެ މަރިޔަމް ބަގީސް އާއި، އެ ޓީމުގެ މަރިޔަމް ލަހުފާ އާއި، ހަމަ އެ ޓީމުގެ ފާތިމަތު ނައުފާ އަދި ފެކަލްޓީ އޮފް ސައިންސް އެންޑް ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީގެ އަނާން އަލީ ރަޝީދު އެވެ.
ގައުމީ ޔުނިވާސިޓީގެ އަށް ފެކަލްޓީއަކުން ވާދަކުރި އެ މުބާރާތުގެ އެންމެ ސަޕޯޓިން ޓީމަކަށް ހޮވުނީ ވެސް ޗެމްޕިއަންކަން ހޯދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އެވެ.

އެމްއެންޔޫއެސްޔޫ ދެ ވަނަ ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ފެކަލްޓީ އޮފް ޝާރީއާ އެންޑް ލޯ --- ފޮޓޯ: އެމްއެންޔޫއެސްޔޫ
އެ މުބާރާތުގައި ވާދަކުރި އަށް ފެކަލްޓީ އަކީ އެމްއެންޔޫ ބިސްނަސް ސްކޫލާއި، ފެކްލްޓީ އޮފް ސައިންސް އެންޑް ފެކަލްޓީ އޮފް އިނިޖިނިއަރިން ޓެކްނޮލޮޖީ އާއި، ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް އާއި، ފެކްލަޓީ އޮފް އާޓްސް އާއި، ފައުންޑޭޝަން ސްޓަޑީސް އާއި، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަދި ފެކަލްޓީ އޮފް ހެލްތު ސައިންސް އެވެ.