ޗަންޑޫ، އޭޕްރިލް 16 (ޒިންހުއާ)- ޖަރުމަނުން ޗައިނާއަށް ފޮނުވި 100 ދިރޭ ހިނި ބަންދުކޮށްފައި ހުރި ޕެކޭޖެއް ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޗަންޑޫގެ ކަސްޓަމްސް އޮފިސަރުން އަތުލައިގަނެފި އެވެ.

އަތުލައިގަތް އެ ކަޅު ހިނިތައް ލާފައި ހުރީ ފެން އަޅާފައިހުރި ޓެސްޓު ޓިއުބްތަކެއް ތެރޭގައެވެ. އޭގެ ތެރޭގައި ބިސް އަޅާ "އޭންޓް ކުއީން" ނުވަތަ ހިނިތަކުގެ ރާނީގެ ތިން ހިނި ހިމެނޭއިރު، އެ ހިނިތައް ލާފައިހުރި ޓެސްޓް ޓިއުބްތަކުގައި ބިސްތަކުން ނުކުމެއުޅޭ، ކުދި ހިނިތައް ވެސް ހިމެނެއެވެ.

އޮފިޝަލުން ބުނީ، އަތުލައިގަތް ހިނިތަކުގެ ދިގުމިނަކީ 1.5 ސެންޓިމީޓަރާއި ދެ ސެންޓިމީޓަރު ކަމަށެވެ.

ޗަންޑޫގެ ކަސްޓަމްސް އޮފިޝަލުން ވަނީ، މިދިޔަ އަހަރުގެ ތެރޭގައި ވެސް ޖަރުމަނުން ޗައިނާއަށް އެތެރެކުރަން އުޅުނު 1000 ދިރޭ ހިނި އަތުލައިގަނެފައެވެ.

ޖަރުމަނުން ޗައިނާއަށް މިދިޔަ އަހަރުގެ ތެރޭގައި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ހިނިތަކުގެ ތެރެއިން ހިންޏެއް --- ފޮޓޯ/ ޗައިނާނިއުސް

ގެންގުޅޭ އެއްޗެއްގެ ގޮތުގައި ބައެއް މީހުން ބޮޑެތި ހިނި ގެންގުޅެއެވެ. ނަމަވެސް އެއްވެސް ގައުމަކަށް ނިސްބަތްނުވާ ހިނި ތައް ކާނެ އެއްވެސް ޖަނަވާރެއް ޗައިނާގައި ނޫޅޭތީ، އެކަމުގެ ސަބަބުން ޗައިނާގެ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް އެ ގައުމުން ބުނެއެވެ.

ޗައިނާގެ ކަސްޓަމްސް އިން ބުނާ ގޮތުން، ނުރައްކާތެރި ދިރޭތަކެތި އެގައުމަށް އެތެރެކުރުން ވެސް ވަނީ އިތުރުވެފައެވެ.

ހެނާން ޕްރޮވިންސުގައި ހުންނަ ކަރަންޓީން ބިއުރޯއިން އިއްޔެ ބުނި ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެއްވެސް ގައުމަކަށް ނިސްބަތްނުވާ 707 ޖަނަވާރާއި ގަސް ވަނީ އެ ބިއުރޯއިން އަތުލައިގަނެފަ އެވެ.