16 Apr 2016, 18:13
މަދީނާ (އޭޕްރިލް 16): މަސްޖިދުލް ނަބަވީގެ ކުރީގެ އިމާމު، ޑރ. މުހައްމަދު އައްޔޫބު މިއަދުގެ ވަގުތެއްގައި މަދީނާގައި އަވަހާރަވެއްޖެ އެވެ.
ނަވާރަސަތޭކަނުވަދިހައަކުން 1997ށް މަސްޖިދުއް ނަބަވީގެ އިމާމުކަން ކުރެއްވި ޝޭހް އައްޔޫބަކީ ގުރުއާން ކިޔަވާ ވިދާޅުވުމުގައި އަރާ ހުންނެވި ބޭފުޅެކެވެ. މަސްޖިދުލް ނަބަވީގެ އިތުރުން ޝޭހް އައްޔޫބު ވަނީ ސައުދީ އަރަބިއާ އާއި ކުވެއިތާއި، ބަހްރެއިންގެ މިސްކިތްތަކުގެ އިމާމު ކަން ކުރައްވާފަ އެވެ.
ޝޭހް އައްޔޫބު ޕީއެޗްޑީ ހާސިލު ކުރެއްވީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާ އިން ގުރުއާނުގެ ސައިންސާއި ތަފްސީރު އިލްމުންނެވެ.
ޝޭހް އައްޔޫބު އަވަހާރަވީ އިރު އުމުރުފުޅަކީ 65 އަހަރެވެ.