ދިއްލީ(އޭޕްރިލް 16): އިންޑިއާގެ ނިއުދިއްލީގައި އެއް އަހަރު ވަންދެން ހަފާ ދުންފަތް އުފެއްދުމާއި، ވިއްކުމާއި، ރައްކާ ކުރުން މަނާކޮށްފި އެވެ.

ދިއްލީގެ ފުޑް އެންޑް ސޭފްޓީ ޑިޕާންޓްމެންޓުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވާ ގޮތުން ހަފާ ދުންފަތް މަނާ ކުރަން ނިންމީ އާއްމުންގެ ސިއްހަތަށްޓަކަ އެވެ.

"އާއްމުންގެ ސިއްހަތަށްޓަކައި، މިއަދުން ފެށިގެން އެއް އަހަރު ވަންދެން ދިއްލީގައި ހަފާ ދުންފަތް އުފެއްދުމާއި، ރައްކާ ކުރުމާއި، މީހުންނަށް ބެހުމާއި، ވިއްކުން މަނާ،" ފުޑް އެންޑް ސޭފްޓީން އާއްމު ކުރި އިއުލާނުގައިވެ އެވެ.

ހަފާ ދުންފަތް ބޭނުން ކުރުމަކީ އަގައިގައި ފާރުހެދުމަށާއި ކެންސަރު ޖެހުމަށް މަގު ފަހިވާ ކަމެކެވެ. (އިންޑިއަން އެކްސްޕްރެސް)