16 Apr 2016, 14:56
ކަރަށް ޕިނެއް ހެރިގެން އިއްޔެ ރ. އުނގޫފާރުން މާލެ ގެނައި 20 އަހަރުގެ އަންހެން ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ، އެ ކުއްޖާގެ ކަރަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އިއްޔެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
"އިއްޔެ ހަވީރު އެކުއްޖާގެ ސާޖަރީއެއް ވަނީ ހަދާފައި. މިހާރު އޭނާގެ ހާލު ރަނގަޅު،" ޒީނަތު ވިދާޅުވި އެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނީ އަންހެން ކުއްޖާގެ ކަރަށް ޕިން ހެރިފައި ވަނީ ވަރަށް ފުންކޮށް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ކަރަށް ޕިން ހެރެން މެދުވެރިވީ ކަރުން ނަގާފައިވާ "ފޮޅެއް" ޒާތުގެ އެއްޗެއް ފަޅާލުމަށް ޕިނެއް ބޭނުންކުރުމުގެ ތެރޭގަ އެވެ.