05 May 2011, 02:19
02:27 އަޑުބަރޭ ލަންކާއަށް ފުރުވާލައިފި
02:17 ކުޑައިރުކޮޅެއްގެ ތެރޭގައި އަޑުބަރޭ ފުރުވާލާނެ، މިރޭ އޭނާއާއެކު ލަންކާއަށް ދަނީ އޭނާގެ ކްލަބް ވީބީގެ އިސްވެރިން. މާދާމާ ހެނދުނު އަޑުބަރޭގެ އަންހެނުން ވެސް ލަންކާއަށް ފުރުވާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިވަގުތު އެއާޕޯޓްގައި ހުރި ސަންގެ ނޫސްވެެރިޔާ ވީބީގެ އޮފިޝަލުންނާ ހަވާލާދީ އެބަބުނޭ
01:44 އެމްބިއުލާންސްގައި އަޑުބަރޭ ގޮވައިގެން ގޮސް އެއާޕޯޓަށް ދިއުމަށް ލޯންޗަށް އަރުވައިިފި. އޭނާއާއެކު އެސަރަހަށްދަށްދިޔަ މީހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް އެބަގޮވާ. އަޑުބަރޭ ފުރުވާލާ ފްލައިޓް މާލޭން ނައްޓާލަނީ 2:15 ގައި ކަމަށް މައުލޫމާތު ލިބޭ
މުޒާހަރާ މިރެެއަށް ނިންމާލިކަން ސްޕޯކްސްމަން އަހުސަން އިއުލާން ކުރައްވައިފި. އަޑުބަރޭ އަށް ލިބު ގެއްލުންތަކުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ނިންމި ކަމުގެ މައުލޫމާތު ވެސް ސަން އަށް ވަނީ ކަށަވަރުފައިި. މީގެ އިތުރުން ޑީއާރްޕީން މި މައްސަލަ މާދަމާ ޕޮލިސް އިންޓްގްރިޓީއަށް ހުށަހެޅުމަށް ވަނީ ނިންމާފައި. އަޑުބަރޭއަށް ވަރަށް ބޮޑު ގެއްލުން ލިބިފައިވާ ކަމަށް ޑީއާރްޕީންނާއި މުޒާހަރާގެ އިސް އޮފިޝަލުން ވަނީ ބުނެފައި
01:09 ޒުވާނުންގެ މުޒާހަރާގެ މުޒާހަރާގެ ސްޕޯކްސްމަން އަހުސަން ބުނަނީ، އަދި މުޒާހަރާ ނިންމާ ނުލާ ކަމަށާއި ޒުވާނުންގެ މައިދާނަށް އެއްވެ މިރޭ އަދި ދިދަ ވިހުރުވާނެ ކަމަށް.
~
01:09 މުޒާހަރާގެ އެއްވެސް އިޝާރާތެއް ނުފެނޭ. މަގުތައް ވަނީ ހުޅުވާލާފައި. ހަމައެކެނި ބަންދުކޮށްފައި ވަނީ ސަލާމަތީ ބާރުތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުތައް.
00:39 މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް ބެހި ވަރަށް ބޮޑަށް ހާވިޔާވެފައި. ނަމަވެސް ސްޕޯކްސްމަން އަހުސަން ވިދާޅުވަނީ ވަރަށް އަވަހަށް ފޯރީގައި ޖައްސާނެ ކަމަށް. ބެރުގެ ނޫސްވެރިން އޭނާއާ ގުޅަމުންދާ ކަމަށް ވިދާޅުވި
"ލަންކާ ޓީވީ އާއީ އައިލެންޑް ނޫހުން އަޅުގަނޑާ ގުޅަމުން އެބަދޭ. އަލްޖަޒީރާގެ ނޫސްވެރިޔަކު މިކޮޅުގައި އެބައުޅޭ. ހުކުރު ދުވަހު ބީބީސީ އާއި ސީއެންއެން ވެސް މިކޮޅަށް އަންނާނެ،" އަހުސަން ވިިދާޅުވި އެވެ.
http://www.sun.mv/albums/l_817.jpg
00:39 ހައިކޯޓް ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ބޭނުން ކުރި ލޯރިއަކަށް ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަނީ ހަމަލާދީފައި. މީހަކަށް ގެއްލުމެއް ނުވޭ. ލޯރިއަށް ވަނީ ބޮޑެތި ގެއްލުންތައް ވަނީ ލިބިފައި
00:39 ސްޕޯކްސްމަން އަހުސަން ދެންމެ ފޯނުން ގުޅުއްވާ ވިދާޅުވީ އަޑުބަރޭ ފުރުވާލުން މިހާރު ފަތިހަށް ފަސްކޮށްފައިވާ ކަމަށް.
00:36 ޒުވާނުންގެ މުޒާހަރާ މިރެއަށް ނިންމާލުމަށް އަދި ގަސްދުކޮށްފައި ނުވާ ކަމަށް ސްޕޯކްސްމަން އަހުސަން އެބަ ވިދާޅުވޭ.
"އަޅުގަނޑުމެން ނިންމަން އަދި ގަސްދެއް ނުކުރަން. އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ އިސްލީޑަރުން އެއާޕޯޓުން ވަޑައިގަންނަވަންދެން،"
00:33 މިރޭ މުޒާހަރާގައި ޒަހަމްވި ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ )އަޑުބަރޭ( ލަންކާއަށް ފުރުވާލުމަށް މުޒާހަރާގެ އިސް ލީޑަރުން މިވަގުތު އެއާޕޯޓުގައި ތިއްބެވި ކަމަށް ޒުވާނުގެ މުޒާހަރާގެ ސްޕޯކްސްމަން އަހުމަދު އަހުސަން ވިދާޅުވެއްޖެ.
http://www.sun.mv/albums/l_791.jpg
00:25 ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީންގެ އިންޓަވިއު ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި ގެނެސްދޭނަން
00:21 މުޒާހަރާ މިހާރު ވަނީ ގާތްގަނޑަކަށް ރޫޅާލާފައި އެހެންނަމަވެސް މަޖީދީ މަގުގެ ދެ ފަރާތުގަ އާއި ޗާންދަނީ މަގުގެ ދެކޮޅުގައި ތިބި މީހުން އަދިވެސް އަޑު އުފުލަމުންދޭ.
00:17 މަސްރަހު އޮތީ ހަމަހިމޭން ކޮށް. މީހުންތިބީ މަގުގެ ދެފަރާތުގައި. އަދި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރު ކުރޭ
00:13 ފުލުހުން ދަނީ އަދިވެސް މުޒާހަރާގައި ބައިވެރިން ހައްޔަރު ކުރަމުން
http://www.youtube.com/watch?v=OptokxgqIbc
00:00 ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިފައިވާ މިނިވަންކަން ބޭނުން ވަރަކަށް އެކްސަސައިޒް ކުރުމަކީ ފުލުހުން އެދޭ ކަމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ރިޝްވާން މިރޭ ވިދާޅުވެއްޖެ.
މިހާރު ހިނގަމުންދާ މުޒާހަރާއާ ބެހޭ ގޮތުން ދިޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރިޝްވާން ވިދާޅުވީ ހާމަ ތަންތަނުގައި އެއްވުންތައް ބާއްވާ ނަމަ ޝުއޫރު ފާޅުކުރަން ނުކުންނަ ރައްޔިތުންނަށް ހިމާޔަތްވެސް ދެއްވާނެ ކަމަށް.
http://www.sun.mv/albums/l_799.jpg
" އަޅުގަނޑުމެން މިދަންނަވަނީ ހަމަ އެބޭފުޅުން އެބޭފުޅުންނަށް ގާނޫނުން ލިބިފައި އޮންނަ މިނިވަންކަން ހަމަ ބޭނުން ވަރަކަށް އެކްސެސައިޒް ކުރައްވާށޭ. " ރިޝްވާން
23:58 ފުލުހުން ހުރަސް އަޅަމުންދާ ވަރަކަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުން ދަނީ ޖަންކްޝަން ސަރަޖައްދުގެ މެދަށް ޖެހެވޭތޯ. ދޭތެރެއިން އެތެރެއަށް ޖެހިލާއިރަށް ފުލުހުން ގެންދަނީ ފަހަތަށް ޖައްސަމުން.
http://www.sun.mv/albums/l_808.jpg
23:56 ފުލުހުން ދަނީ އާންމުން ފައްސަމުން. އާންމުން ހުއްޓާ ނުލައި މުޒާހަރާ އެބަކުރާ އެކި ގްރޫޕްތައް އެކި ދިމާގައި، އަދިވެސް މީހުން ހައްޔަރު ކުރަމުން އެބަދޭ
23:55 އެސަރަހައްގަ އޮތް މުޒާހަރާގެ ބައި ރޫޅައިލި ނަމަވެސް މަގުގެ އެއް ފަރާތުގައި ތިބެގެން މުޒާހަރާ ފަށައިފި
23:38 ޗާންދަނީ މައިދާނަށް އުމަރުގެ ޓީމް ވަދެ ދިވެހި ދިދަ އުފުލާލައިފި. ބައެއް މީހުން ހައްޔަރުކޮށްފި
23:32 އުމަރު ނަސީރުގެ ލީޑަރު ކަމުގައި އޮތް ޓީމް މިވަގުތު އޮތީ އަލިކިލެގެ ފާނު މަގުގައި ތިން ޖަމާއަތް ވެސް ދަތުރު ކުރަނީ ޗާންދަނީ މަގާއި މަޖީދީ މަގުގެ ކަންމައްޗަށް ދިއުމަށް. މިދާ ދިއުމުގައި އެއްވެސް ދައްޗެއް އަދި ދިމައެއް ނުވޭ
http://www.sun.mv/albums/l_803.jpg
23:32 ދެވަނަ ޖަމާއަތެއް ސޯސަން މަގުގައި
23:30 ރާޅުގަނޑު ސަރަހައްދަށް ދަތުރުކުރަ ބައިގައިވެސް 800 އާ ގާތް ކުރާ އަދަދަކަށް މީހުން އެބަތިބި. ބައިވެރިންނަށް އިޝާރާތުން އަންގާ ބަރުގޮނެއްވެސް އަޅަމުން އެބަދޭ. އަލްޖަޒީރާގެ ނިއުސް ޓީމް މުޒާހަރާގެ ތެރެއަށް ވަދެއްޖެ
23:24 މުޒަހަރާ ބައިވެރިން ތިން ބަޔަކަށް ބެހި ތިން ދިމާއަކުން ޗާންދަނީ މައިދާނަށް ދާން މަސަކަތް އެބަކުރޭ. މީހުން މަދެއް ނުވޭ
23:24 މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗްތެރެއަށް ޖެހި ރާޅުގަނޑު ސަރަހައްދާ ދިމާއަށް ޖެހެން ފަށައިފި
23:11 މިހާރު ހިނގަމުން މިދަނީ މުޒާހަރާއެއް ނޫން މިއީ ޕަބްލިކް ޑިސޯޑާއެއް ކަމަށް ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާނު ވިދާޅުވެއްޖެ.
"މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ގައުމަށް މުދަލާ ތަކެއްޗަށް ދަނީ ގެއްލުން ލިބެމުން، މުޒާހަރާ ކުރުމަކީ އިޝޫއެއް ނޫން. މައްސަލައަކަށް މިކަން ޕަބްލިކް ޑިސޯޑާއަކަށް ވުން،" ރިޝްވާން ދިޓީވީ މެދުވެރިކޮށް ދެންމެ ވިދާޅުވި.
23:11 މުޒާހަރާގެ ބައިވެރިންނަށް މަގުތަކަށް ނުކުމެވޭ ގޮތް ވެފައި ނުވިޔަސް އަވަހަށް މުޒާހަރާ ނިންމާލާފާނެ ކަމަށް ނުފެންނަ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނޭ.
23:09 ސިލްސިލާ މުޒާހަރާތަކުގައި މިހާތަނަށް އަދި ވާހަކަފުޅު ދައްކަވާފައި ނުވާ ބޭފުޅެއް ކަމަށްވާ ޑރ. އަފްރާޝީމް މިހާރު ދަނީ ތަގުރީރު ކުރަމުން، ތަސްމީންވެސް މިރޭ ވާހަކަފުޅު ދައްކަވަފާނެ ކަމުގެ އިޝާރާތްތައް އެބަލިބޭ. މުޅިން ޔަގީނެއް ނުވޭ.
23:06 ހާލަތު ބަދަލެއް ނުވޭ. މީހުން އަންނަނީ ގިނަވަމުން. އަޑު އަންނަނަނީ ގަދަވަމުން، ފުލުހުންހެ ފައުޖުތައްވެސް ވަނީ އިތުރުވެފައި
23:02 އަޅުގަނޑުމެންގެ ލައިވް ބްލޮގްގައި މިރޭ މައްސަލަތަކެއް ދިމާވެދާނެ، މާފު ކުރައްވާ!
23:02 ސީއެންއެންގެ ނިއުސް ކްރޫއެއް އަންނަ ކަމުގެ މައުލޫމާތުވެސް އެބަލިބޭ. އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން އެކަން ކަށަވަރެއް ނުކޮށްދޭ. ބައެއް މީހުން ބުނާ ގޮތުން ބޭރުގެ ރިޕޯޓަރުން އެ ސަރަހައްދަށް އައުމުން މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ނުވަތައް ޗާންދަނީ މައިދާނަށް މިސްރާބު ޖަހާނެ
22:59 ޑީއާރްޕީގެ އޮފީހުގައި ހުރި އަޑުގަދަ ކުރާތައް ވެސް މިހާރު މުޒާހަރާގައި ބޭނުން ކުރަމުން އެބަދޭ.
22:58 އަލްޖަޒީރާގެ ނޫސްވެރިން ކުޑައިރު ކޮޅެއްގެ ތެރޭ މުޒާހަރާގެ ތެރެއަށް ވަންނާނެ
22:55 މުޒާހަރާގެ ބައިވެރިންގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފި. ބައެއް މީހުންގެ ގައިގައި މުގުރުުން ތަޅާ ތަން އެބަފެނޭ
22:54 މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހަން އުޅެނީ މަޖިދީމަގާ ޗާންދަނީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް
22:49 ރައްޔިތުންނަށް އުނދަގޫ ވާ ކަމަށް ބުނެ ކަރުނަ ގޭސް ބޭނުން ކުރުމުގެ ބަދަލުގައި ފުލުހުން މިހާރު ދަނީ މުގުރުގެ ބޭނުން ކުރަމުން ކަމަށް ތަސްމީން ވިދާޅުވި.
22:48 މީހުން މުޒާހަރާ ކުރުމަށް ދީފައި އޮންނަ ހައްގުތަކުގެ ތެރޭގައި މަޖީދީމަގު ހިމެނޭ ކަމަށް ތަސްމިން އަލީ ވިދާޅުވެއްޖެ
22:38 މީޙުން މަދެއް ނުވޭ. ފުލުހުންވެސް ދަނީ ގިނަވަމުން. އަޑުވެސް ދަނީ ގަދަވަމުން. އިސްތިއުފާއަށް ގޮވުން ވަނީ އިތުރުވެފައި
22:34 ބައެއް މީހުންގެ ފޯނުތައްވެސް ގެންދިޔަ ކަމަށް ބުނޭ. އަޑުބަރޭ ގެންދިޔަ ކަމަށް ވަނީ ހޭނެތިފައި ހުއްޓާ. މިވަގުތު ހަމަނުޖެހުމެއް ނުހިނގާ. މިރޭ ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެގަންނަނީ ތަފާތު ގޮތަކަށް
22:22 މިހާރު ފަސް މީހުންނަށް ވުރެ ގިނައިން ހައްޔަރުކޮށްފި. އިންޒާރުތައް ވަރުގަދަވެ ހަރުކަށިވަމުންދާއިރު މުޒާހަރާގެ ބައިވެރިންވެސް ފޯރި އަންނަނީ ގަދަ ކުރަމުން، ވަރުއަރަމުން. މީހުންނަށް އަނިޔާވަމުން އެބަދޭ
22:16 ފުލުހުން އިންޒާރު ދެމުން ގޮސް މަހްލޫފު ހައްޔަރުކޮށްފި. އޭނާއަށް ވަނީ އަނިޔާވެފައި. އޭނާގެ ގައިގައި މުގުރުން ތެޅި ކަމަށް ވެސް އެބަބުނޭ
http://www.sun.mv/albums/l_815.jpg
22:13 ދެންމެ ފުލުހުން ވަދެގަތް ވަގުތު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ )އަޑުބަރޭ( އަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި. އޭނާ ތާށިވީ ފުލުހުންގެ އައްޑަނަތަކުގެ ތެރޭގައި ކަމަށް ބުނޭ
22:11 ރަޔަތް ގިޔަރު ފުލުހުން އެތެރެއަށް ޖެހުމުން މުޒާހަރާގެ ބައިވެރިން މިވަގުތި ތިބީ ބޮޑު ތަކުރުފާނުގެ މަގުގެ ދެފަރާތުގައި މަޖީދީ މަގު ހުހަށް ވާ ގޮތަށް މެދުގައި ތިބީ ފުލުހުން. މުޒާހަރާގައި ޝުއޫރުތައް ފާޅު ކުރަމުން އެބަދޭ
22:07 ބޮޑުތަކުރުފާނު މަަގުން ނަސަންދުރައާ ދިމާއިން ރަޔަޓްގެ ގިޔަރުގެ ފުލުހުންގެ ފައުޖެއް އައިސް މުޒާހަރާގެ ބައިވެރިންގެ ކުރިމަތީ އެތުރިއްޖެ
22:06 ކުއްލި ގޮތަކަށް ރަޔަޓް ގިޔަރު ފުލުހުން ވަދެ ބައެއް މީހުން އެބަ ހައްޔަރުކުރޭ. މައުލާމާތު ލިބެނީ އެއީ މުޒާހަރާގެ ތެރެއަށް ވަދެ އުޅުނު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ކަމަށް. މިހާރު ދެމީހުން ހައްޔަރުކޮށްފި
22:00 ފުލުހުން ތިންވަނަ އިންޒާރު ދީ މުޒާހަރާ ރުޅާޅައި ފައްސާލާނެ ކަމަށް އިއުލާން ކުރުމުން މަޖިލިސް މެންބަރުންނާއި މުޒާހަރާގެ ބައިވެރިން ބިންމަތީގައި އިށީނދެއްޖެ. އަދިވެސް އިންޒާރު ދެމުން ދަނީ
21:56 މިވަގުތުވެސް 500 އާ ގާތްކުރާ އަދަދަކަށް މީހުން އެބަތިބި. ހިނގައި ނުގަނެ މަޑު ކުރަނީ އަލްޖަޒީރާގެ ނޫސްވެރިންގެ ޓީމެއް މުޒާހަރާ ކަވަރު ކުރަން އަންނާތީ ކަމަށް މައުލޫމާތު ލިބޭ.
"އެމީހުން މިވަގުތު ތިބި ކަމަށް ވަނީ އެއާޕޯޓްގައި. އަޅުގަނޑަށް މައުލާުމާތު ލިބެނީ މިހާރު އެމީހުން އަންނަންދެން މަޑު ކުރަނީ ކަމަށް. މިވަގުތުވެސް ރައީސްގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ،" ސަންގެ ރިޕޯޓަރު
21:47 ފިނޭންސް މިނިސްޓަރު އިނާޒާއި ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް މަަޖިލީހަށް ވައްދަން ތައްޔާރުވެފައިވާ ކަމަށާއި މިހާރު 12 މެންބަރުން ސޮއިކޮށްފައިވާ ކަމަށް އިލްހާމް އަހުމަދު އިއުލާން ކޮށްފި
21:44 މުޒާހަރާ ފަށައި އަދި ހިނގައި ނުގަންނަނީސް މުޒާހަރާ ރޫޅައިލާނެ ކަމުގެ އިންޒާރު ފުލުހުން ދޭން ފަށައިފި. މިހާރު އަންގަމުން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް.
21:34 ވަތަނިއްޔާ ކުރިމަތީގައި ވެސް އާދައިގެ ފުލުހުންގެ ސަފުތައް ވަނީ ރުކުރުވާލާފައި. ރަޔަތް ގިޔަރު ފުލުހުން ހެންވޭރު ދަނޑު ސަރަހައްދުގައި ބައިބަޔަށް އެބަތިބި.
ޑޮލަރުގެ އަގު ބޮޑުކުރުމުން ތަކެތީގެ އަގު އުފުލުމާ ގުޅިގެން ޒުވާނުން އިސް ނަގައިގެން އެޕްރީލް30 ، 2011 ގައި ފަށާއި ސިލްސިލާ ކުރަމުންދާ މުޒާހަރާ، ފަސްވަނަ ސިލްސިލާ މިރޭވެސް 8:45 ގައި އާޓިފިޝަލް ބީޗްގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ. އާޓިފިޝަލް ބީޗްގައި ހުރި ސަންގެ ނޫސްވެރިޔާ ހުސައިން ހަސަން ހަބަރު ކުރާ ގޮތުން މުޒާހަރާގެ ބައިވެރިންގެ މިރޭވެސް އަމާޒު ހިފާފައިވަނީ ކޮންމެ ރެއަކުވެސް ޖަމަވާ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަށް ޖަމާވެ ޝުއޫރު ފާޅު ކުރުމަށެވެ. "މިހާރު އިސްތިއުފާދީ" ޖަހާފައިވާ ބޯޑުތައް ހިފައިގެން މިހާރު އެންމެން ޖަމާވެ ތިބީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގަށް ވާ ގޮތަށެވެ. އެހެން ރޭރޭވެސް މުޒާހަރާގައި ލީޑް ކުރާ ފަރާތްތައް މިރޭވެސް ބައިވެރިވެ އެވެ.
ޒުވާނުންގެ މުޒާހަޜާ މިރޭ ފަށާފައި ވަނީ މުޒާހަރާގެ ކަންކަމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދޭނެ ތަރުޖަމާނަކު ވެސް އައްޔަން ކޮށްގެނެވެ. މީގެ އިތުރުން މިރޭގެ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގެތެރޭގައި ކޮންމެ ރެއަކުވެސް ލީޑް ކުރާ ޒުވާނުންގެ ތެރެއިން ބައެއް ފަރާތްތައް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް މުޒާހަރާ ގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީީހުގެ މެންބަރު އަހުމަދު މަހުލޫފު ވަނީ ބުނެފަ އެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށްދީފަ އެއް ނުވެ އެވެ.
މުޒާހަރާ ފަށައި އަދި މަގުތަކަށް ނުކުމެފައި ނުވިނަމަވެސް މަޖީދީ މަަގުގެ އެކި ހިސާބުގައި މިހާރު ވެސް ފުލުހުން ފާރަވެރިވެ ފޯރިމަރަމުން އެބަދެ އެވެ، މިރޭ މުޒާހަރާ މި ފެށީ މުޒާހަރާތައް މައިތިރި ކުރުމަށް ގައުމީ ދިފާއީ ބާރުގެ ސިފައިން މަގުތަކަށް ނުކުތުމަށް މާލޭގެ މޭޔަރު ގޮވަލާފައި ވަނިކޮށެވެ.
މޫސުމް: މިރޭ ވެރިރަށް މާލެއަށް މޫސޫން އެހާ ރީއްޗެއް ނޫނެވެ. ޖައްވު ފެންނަނީ ހިސާބަކަށް ބަނަކޮށެވެ. އަދި ވާރެއެއް ނުވެހެ އެވެ.
---------------------------------------------------------------------------------------
ސަން ލައިވް ބްލޮގް އަޕްޑޭޓް: މުންޑޫ އާދަމް ހަލީމް، ހައްވާ ލުބްނާ، ހުސައިން ހަސަން، އާމިނަތު ނިޔާޒާ، އަލީ ނަސީރު އަދި މުހައްމަދު އަފްޒަލް (އަޕޯ)