16 Apr 2016, 11:49
ސިންގަޕޫރުގައި ކުރިޔަށް ދިޔަ "ފުޑް އޭޝިއާ 2016 - އެފްއެޗްއޭ ކަލިނަރީ ޗެލެންޖު"ގައި، ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމަށް ރިހި މެޑަލާއި ސުވާސާ މެޑަލެއް ލިބިއްޖެ އެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން އެ ފެއާގައި ބައިވެރިވި ދިވެހި ޓީމަށް ދެ މެޑަލެއް ލިބިފައިވަނީ ތަފާތު ދެ ކެޓަގަރީއަކުންނެވެ.
އެ ކަލިނަރީ ޗެލެންޖުގައި "ޑްރެސް ދަ ކޭކު" ކެޓަގަރީއިން ރާއްޖެއިން ވާދަކުރި ބައިވެރިޔާ އަބްދުލްރަޝީދަށް ވަނީ އެ ކެޓަގަރީން ރިހި މެޑަލް ލިބިފަ އެވެ. އަދި "ހޮޓް ކުކިންގ - ލައިވް" ކެޓަގަރީގައި ވާދަކުރި، ސޮނޭވާ ފުށީގެ ސޫ ޝެފް އަބްދުﷲ ސަބާހަށް ވަނީ ސުވާސާ މެޑަލް ލިބިފަ އެވެ.
މި ދެ ޝެފުން މީގެ ކުރިން ވެސް ވަނީ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވި ކަލިނަރީ ޗެލެންޖުތަކުގައި ވަނަތަކެއް ހާސިލު ކޮށްފަ އެވެ.
"ފުޑް އޭޝިއާ 2016 - އެފްއެޗްއޭ ކަލިނަރީ ޗެލެންޖު"ގައި، ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމުގައި ހިމެނެނީ ޖުމްލަ ހަތަރު ޝެފުންނެވެ. މި ޓީމު މާދަމާ ރޭ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.