17 Apr 2016, 09:18
ކަންތައްތަކާ މާބޮޑަށް ފިކުރުކުރުމަކީ ބޮލުގައި ރިހުމަށް މެދުވެރިވާ ކަމެކެވެ. ހަމައެކަނި ފިކުރު ކުރުމެއް ވެސް ނޫނެވެ. މާ ބުރަކޮށް އުޅެން ޖެހުމުން ނުވަތަ ކުރަން ޖެހޭ މަސައްކަތްތައް ގިނަވުމުން ވެސް ބޮލުގައި ރިއްސަން ފަށާފާނެ އެވެ.
ބޮލުގައި ރިހުމަކީ ކުޑަ ކަމެއް ނޫނެވެ. ބޮލުގައި ރިއްސަން ފަށައިފިނަމަ މަސައްކަތަށް ދޭންވާ ސަމާލުކަމެއް ނުދެވެ އެވެ. ބައެއް ފަހަރު ކަންކަމާމެދު ފަރުވަ ކުޑަކުރެވި ހަނދާން ނެތޭ ފަހަރުވެސް އާދެ އެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ވައްތަރުގެ ތަދު ކަނޑުވާ ބޭސް ބޭނުން ކުރަން ޖެހެ އެވެ. ހަމައެއާއެކު ބޮލުގެ ރިހުން އާދައަކަށް ވެއްޖެ ނަމަ، އާދަކޮށް ތަދު ކަނޑުވާ ބޭސް ބޭނުން ކުރަން ޖެހެ އެވެ.
ނަމަވެސް، ބޮލުގެ ރިހުމަށް ފަރުވާ ހޯދުމަށް އާދަކޮށް ބޭސް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ސަބަބުން ބޮލުގެ ރިހުމަށް ލުއި ކަމެއް ގެނެސްދިން ނަމަވެސް އެހެނިހެން ތަކުލީފުތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ހަމައެއާއެކު، އާދަކޮށް ބޭސް ބޭނުން ކުރާނަމަ، ބޭހަށް ދެވިހިފުން (އެޑިކްޓު) އެކަށީގެންވެ އެވެ.
އެހެންކަމުން ބޮލުގެ ރިހުމަށް ލުއި ކަމެއް ހޯދިދާނެ އިތުރު ގޮތްތަކެއް ހޯދަން ޖެހެއެވެ. އެގޮތުން ބޮލުގެ ރިހުމަށް ގޭގެ ބަދިގެއިން ދެވިދާނެ ބައެއް ފަރުވާތަކަށް ބަލާލާނަމެވެ.
އާމަންޑް

އާމަންޑު ---
އާމަންޑުގައި ސެލިސިން ކިޔާ މާއްދާއެއް އެކުލެވެ އެވެ. ސެލިސިން އަކީ ތަދު ކަނޑުވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ބޮލުގެ ރިހުމަށް ލުއިކަމެއް ހޯދުމަށް އާމަންޑު ކެވިދާނެ އެވެ.
ފްލެކްސް ސީޑު

ފްލެކްސް ސީޑު ---
ބޮލަށް ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ނުވަތަ ފާރުގަނޑެއްގެ ސަބަބުން ވެސް ބޮލުގައި ރިހުމަށް މެދުވެރިވެދާނެ އެވެ. އެދަފަ ރިހުންތަކަށް "އޮމެގާ-3 ފެޓީ އެސިޑު" އެކުލެވޭ ކާނާ ބޭނުން ކުރުމުން ލުއިކަމެއް ލިބޭނެ އެވެ. ފްލެކްސް ސީޑަކީ "އޮމެގާ-3 ފެޓީ އެސިޑު" ގިނަ އަދަދަކަށް އެކުލެވޭ ކާނާ އެކެވެ. އެހެންކަމުން ބޮލުގައި ރިހޭ ނަމަ ފްލެކްސްސީޑު ބޭނުން ކުރާށެވެ.
ލަވެންޑާ ތެޔޮ

ލަވެންޑާ ތެޔޮ ---
ލަވެންޑާ އަބަދުވެސް މަޝްހޫރު ވެފައި އޮންނަނީ އޭގެ މީރު ވަހުންނެވެ. ނަމަވެސް އިނގޭ ހެއްޔެވެ؟ މީރުވަހާ އެކު އެ މަލަކީ ބޮލުގެ ރިހުމަށްވެސް ހުރި ފަރުވާ އެކެވެ. އެގޮތުން ލަވެންޑާ ތެޔޮ ބޭނުންކޮށްގެން ބޮލުގެ ރިހުމަށް ފަރުވާއެއް ހޯދިދާނެ ގޮތަކަށް ބަލާލާނަމެވެ.
ހަތަރު ވަރަކަށް ތިކި ލަވެންޑާ ތެޔޮ ހޫނު ފެނަށް އަޅާށެވެ. އަދި އޭގެ އާވި އަރާ ހިސާބުގައި އިނދެގެން އެތެރެއަށް ނޭވާ ލާށެވެ. ނުވަތަ އޭގެ އާވި އިންހޭލް ކުރާށެވެ.