ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރްގެ ބަލި ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ހަބަރުތައް ބުނާ ގޮތުން 93 އަހަރުގެ ދިލިޕް އަށް ރޭގެ ވަގުތެއްގައި ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައި ވަނީ ނޭވަ ލުމުގައި ދަތިތަކެއް ދިމާވުމުގެ ސަބަބުންނެވެ.

ފިލްމީ ދާއިރާގައި 60 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ދިލިޕް ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި މަދޫމަތީ، މުގްލޭ އާޒިމް، ދޭވްދަސް، ގަންގާ ޖަމުނާ އަދި ކަރްމަ ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

ފިލްމީ ދާއިރާ އިން ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ ދިލިޕްގެ އަސްލު ނަމަކީ މުހައްމަދު ޔޫސުފް ހާން އެވެ. އެހެންނަމަވެސް އޭނާ މަޝްހޫރުވެފައި ވަނީ ދިލިޕް ކުމާރްގެ ނަމުންނެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް