ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓުގެ އިތުރު ޑާޓާ އެލަވަންސް، މި ހިނގާ އޭޕްރިލް މަހުގެ އިތުރުން މި އަންނަ މެއި މަހު ދިނުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ މި އޭޕްރިލް މަހުގެ އެލަވަންސްގެ ގޮތުގައި ކަސްޓަމަރުން މިހާރު ބޭނުން ކުރަމުން ގެންދާ ޕެކޭޖުގެ 25 ޕަސެންޓުގެ އިތުރު ޑޭޓާ މިހާރުން ފެށިގެން ލިބިފައިވާނެ ކަމަށާއި މެއި މަހުގެ 25 ޕަސެންޓުގެ އެލަވަންސް މެއި މަހުގެ އެއް ވަނަ ދުވަހު ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ފައިބާ އަލްޓްރާ ފާސްޓް، އަދި އޭޑީއެސްއެލްގެ ހިދުމަތް ބޭނުން ކުރައްވަމުން ގެންދަވާ ހުރިހާ ރެސިޑެންޝަލް އަދި ބިޒްނަސް ކަސްޓަމަރުންނަށްވެސް ދިރާގުގެ 'ދަ ބިގް ބައިޓް ގިފްޓް' ލިބިގެންދާނެއެވެ.

ދިރާގުން ބުނީ އެ ހަދިޔާއަކީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ބޭނުންކުރަމުން ގެންދާ ކަސްޓަމަރުންގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް އަލަށް ނަގާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ހަދިޔާއެއް ކަމަށެވެ.