15 Apr 2016, 17:51
ސޯޝަލް މީޑިއާ ބޭނުންކުރަން ބޭނުންނުވާ ކަމަށާއި ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ޝައުގުވެރި އެއްޗެއް ވެސް ނެތް ކަމަށް މަޝްހޫރު "ފްރެންޑްސް" ގެ ކުރީގެ ތަރި، ޖެނިފާ އެނިސްޓަން ބުނެފި އެވެ.
އުމުރުން 46 އަހަރުގެ "މަދާސް ޑޭ" ގެ ތަރި ބުނިގޮތުގައި، ޓްވިޓާ ނުވަތަ އިންސްޓަގްރަމް ކަހަލަ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ. އަދި ވާހަކަދެއްކުމަށް ޓެކްސްޓް މެސެޖު ކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް އޭނާ ބުންޏެވެ.
"ސޯޝަލް މީޑިއާގައި ހިއްސާކުރާނެ އެއްވެސް އެއްޗެއް އަހަންނަކަށް ނުވިސްނޭ.. އެހެންވެގެން އަހަރެންކުރަނީ ޓެކްސްޓް،" ޖެނީފާ ބުނެފައިވާ ކަމަށް ފީމޭލް ފަސްޓުގައި ރިޕޯޓްކޮށްފައިވެ އެވެ.
ޖެނީފާ ބުނާގޮތުން، އޭނާ ޓެކްސްޓް ކުރާއިރުވެސް އިމޯޖީ އާއި ބިޓްމޯޖީ ގެ އިތުރުން އޭނާގެ އަމިއްލަ ކާޓޫން އެވަޓާތައް ބޭނުން ކުރުމަކީ އޭނާއަށް މަޖާ ކަމެކެވެ.