ބްރަޒިލިޔާ (އެޕްރީލް 15) : ބްރަޒީލްގެ ރައީސާ ޑިލްމާ ރޮސޭފް މަގާމުން ދުރުކުރުމަށް އެ ގައުމުގެ ޕާލަމެންޓުން ކުރިޔަށްގެންދާ މަސައްކަތްތައް ހުއްޓުވައިދިނުމަށް ޑިލްމާ އެދިވަޑައިގަތް އެދި ވަޑައިގަތުމަކަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފި އެވެ.

އެކަމާބެހޭ ގޮތުން ބްރަޒީލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފަނޑިޔާރުން ނިންމާފައި ވަނީ ޑިލްމާ މަގާމުން ދުރުކުރުމަށް އެގައުމުގެ ޕާލަމެންޓުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ތެރެއަށް ނުވަނުމަށާއި އެކަން ކުރިޔަށްގެންދިޔުމުގެ ފުރުސަތު ދިނުމަށެވެ. ޑިލްމާ މަގާމުން ދުރުކުރުމަށް މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތަކާ އަދި އޭނާގެ ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތައް ވެސް ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ކުރާ މިމަސައްކަތްތަކުގެ ފަހަތުގައިވަނީ ބްރަޒީލްގެ ނައިބު ރައީސާއި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސްކަމަށް ޑިލްމާ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ޑިލްމާ ވިދާޅުވީ މިއީ އެކަމަނާއާ ދެކޮޅަށް ރާވާފައިވާ ޚިޔާނާތުގެ އަމަލެއްކަމަށާ މިކަމުގެ ފަހަތުގައި ވަނީ ނައިބު ރައީސާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސްކަމުގަ އެވެ. ރައީސާ ޑިލްމާ ވަނީ މަގާމުން އިސްތިއުފާ ދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރި ފިއްތުންތަކަށް ދެކޮޅު ހައްދަވައި މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. މިކަމާގުޅިގެން އިދިކޮޅު ފަރާތްތަކުންވަނީ ޓެކްސްއާ ބެހޭ ގަވައިދުތަކާ އެކަމަނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށްބުނެ ވެރިކަމުން ދުރުކުރުމުގެ ގަރާރެއް ބްރަޒީލްގެ ކޮންގްރެސް (ޕާލަމެންޓް) އަށް ހުށަހަޅާފަ އެވެ. މިމައްސަލައާ ބެހޭ ގޮތުން ޕާލަމެންޓްގައި ބަޙްޘު ކުރަމުން ގެންދަނިކޮށް ޑިލްމާގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީވަނީ ކޯލިޝަނުން ވަކިވެފަ އެވެ.

އެހެންކަމުން ޑިލްމާގެ ދިފާއުގައި ޕާލަމެންޓްގައި މަސައްކަތްކުރާނެ މާގިނަ މެންބަރުންތަކެއް މިޙާރުނެތެވެ. އެހެންކަމުން ޑިލްމާ މަގާމުން ދުރުކުރުމުގެ ވޯޓު ކާމިޔާބުވުމުގެ ފުރްސަތު ބޮޑުކަމަށް މުރާސިލުން ބުނެ އެވެ. ޑިލްމާ މަގާމުން ދުރުކުރުމުގެ ވޯޓު ނަގާގޮތަށް ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ. (ނޫސްއެޖެންސީތައް)