04 May 2011, 16:46
އުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ރައީސް އައްޔަންކުރެއްވީ ހިންނަވަރު ނޫރާނީއާގޭ އަލީ ނިޔާޒް ކަމަށެވެ.
އަލީ ނިޔާޒް މިހާތަނަށް ހުންނެވީ، އުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ.