14 Apr 2016, 15:52
އޮފީސް މާހައުލުގައި ރީތިބަހުން މުއާމަލާތް ކުރުމަށާއި ލިޔާ ލިޔުންތައް ދިވެހި ބަހުގެ ހަމައާ އެއްގޮތަށް ލިޔުމަށް އެންވައިރޮމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.
ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންވައިރޮމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓާ ތޯރިގުވަނީ އޮފީސް މާހައުލުގަޔާއި ރަސްމީ މަސައްކަތުގައި ވެސް ދިވެހި ބަހުގެ ހަމަތައް ހިފެހެއްޓުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިރާދަފުޅުން ދިވެހި ބަހަކީ އުވިގެން ނުދާނެ ބަހެއް ކަމަށާއި އެބަސް ކުރިއެރުވުމަށް ބަހުގެ އެކަޑެމީއިން ކުރައްވާ މަސައްކަތައް ޝުކުރު އަދާ ކުރާ ކަމަށެވެ.
މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވި މި އެސަމްބްލީގައި މި މިނިސްޓްރީގެ ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.