(11 އޭޕްރިލްގެ އަދަދާގުޅޭ)

أمّ المؤمنينالسّيّدة جويرية بنت الحارث رضى اللّـهعنــهاޙަދީޘު ރިވާކުރައްވައިފައިވަނީ ވަރަށްމަދުންނެވެ. ޞަޙާބީންގެ ކުރިޔަށް ތިއްބެވި ބައެއް އެހެނިހެން ބޭބޭކައުކަނބަލުންވެސް ޙަދީޘުރިވާކުރެއްވުމުގައި ހިފެހެއްޓުންތެރިކަން ކުރިޔަށް ނެރުއްވިފަދައިންނެވެ.أمّ المؤمنينالسّيّدة جويرية بنت الحارث رضى اللّـهعنــهاގެ އަރިހުން ރިވާވެފައިވަނީ މުޅިއެކު ހަތް ޙަދީޘުފުޅެވެ. އޭގެތެރެއިން އެއްޙަދީޘު ބުޚާރީގައިވެއެވެ. މުސްލިމުގައިވެސް އެއް ޙަދީޘުވެއެވެ.

އެކަމަނާގެ އަރިހުން ޙަދީޘުރިވާކުރެއްވި ބޭކަލުންގެ ތެރޭގައިعبد اللّـه بن عبّاسއާއިعبد اللّـه بن عمرއާއި،جابرގެފާނު(رضى اللّـه عنهم)ފަދަ ދަރަޖަމަތިވެރި ބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

ކައުސާހިބާއަށްފަހު

ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގަތުމަށްފަހުأميرالمؤمنين أبوبكر الصّدّيق رضى اللّـه عنه،أمّهاتالمؤمنينއަށް މަހުއެއްޗެހިކޮޅު ދެއްވިއިރު ހުރިހާ ބޭކަނބަލުންނަށްވެސް ދެއްވީ އެއްވަރަކަށެވެ. ހަމަހަމަޔަށެވެ. ނަމަވެސްأميرالمؤمنين عمر بن الخطّاب رضى اللّـه عنهމުސްލިމުންގެ މުސާރައާއި ޕެންޝަން ކަނޑައެޅުއްވިއިރުأمّ المؤمنينالسّيّدة جويريةއަށާއިأمّ المؤمنينالسّيّدة صفيّةއަށް މަހުއެއްޗެހިކޮޅުގެ ގޮތުގައި ކަނޑައެޅުއްވީ އެއިން ކޮންމެ ބޭކަނބަލަކަށް އަހަރަކު ހަހާސް ދިރުހަމެވެ. އެހެނިހެންأمّهاتންނަށް އަހަރަކު ބާރަހާސް ދިރުހަމެވެ.السّيّدة جويريةއާއިالسّيّدة صفيّة، عمرގެފާނު ދެއްވާ މަހުއެއްޗެހިކޮޅު ބޭނުންކުރައްވަން އިންކާރުކުރެއްވިއެވެ.

عمرގެފާނު ވިދާޅުވިއެވެ. "މިތަފާތު މިގެނައީ އެހެންބޭކަނބަލުންނަކީ މުހާޖިރިއްޔާ ބޭކަނބަލުންކަމުގައި ވާތީއެވެ." ނަމަވެސް އެދެބޭކަނބަލުންعمرގެފާނުގެ ވާހަކަފުޅު ރައްދުކުރެއްވިއެވެ. އެދެބޭކަނބަލުން ވިދާޅުވިއެވެ. ކަލޭގެފާނު އަޅުގަނޑުމެންނާއި އެހެން ބޭކަނބަލުންގެ ދަރަޖަ ތަފާތުކުރެއްވީއެވެ. އަޅުގަނޑުމެންގެ މައްޗަށް އެހެން ބޭކަނބަލުންނަށް ތަރްޖީޙުދެއްވީއެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنهاއަށް އެކަން އެނގިވަޑައިގަތުމުން ވިދާޅުވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަހަރެމެންގެ މެދުގައި ހުރިހާ އެއްޗެއްސެއްވެސް ބައްސަވަނީ ހަމަހަމަޔަށެވެ.عمرގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުންأمّ المؤمنينالسّيّدة جويرية رضى اللّـهعنــهاއަށާއި،أمّ المؤمنينالسّيّدة صفيّةއަށްވެސް އެހެނިހެންأمّهاتންނެކޭ އެއްވަރަށް އަހަރަކު ބާރަހާސް ދިރުހަމް ދެއްވާގޮތަށް ހަމަޖެއްސެވިއެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ފަސްވަނަ އަހަރުއެވެ.

  2. ކައުސާހިބާصلّى اللّـه عليهوسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ވިހި އަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާصلّى اللّـه عليهوسلّمގެ ޢުމުރުފުޅަކީ، ފަންސާސްހަތް އަހަރުފުޅެވެ.
  4. ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ހައަހަރުއެވެ.
  5. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަސްދޮޅަސްފަސް އަހަރުފުޅު ނުވަތަ ހަތްދިހަ އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން ފަންސާސްވަނަ އަހަރު ނުވަތަ ފަންސާސްހަވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީއުގައެވެ.

އަރަހުށި މާތްاللّـه، أمّ المؤمنين السّيّدة جويرية بنت الحارثއަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

  1. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް

  2. ތިޛުކާރެ ޞަޙާބިޔާތު ޠާލިބުލްހާޝިމީ
  3. އުއްމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  4. އުއްމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
  5. ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
  6. ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ

ސަރުދާރުفاطمة بنت

محمّد صلّى اللّـه عليهوسلّمމުފްތީ ޘަނާއުاللّـهމަޙްމޫދު

  1. ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ

  2. އައްރަޙީޤުލްމަޚްތޫމް މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ

__________________