14 Apr 2016, 09:38
ލަންކާގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު ރޭގެ ވަގުތެއްގައި ކަރަންޓުގައި ޖެހި، ނިޔާވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 19 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. ނިޔާވެފައި ވަނީ ނާއިލް އަހުމަދު ނާހިދު އެވެ. ނާއިލް އަކީ 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމަށް އަދި ހޭންޑްބޯލް ޓީމަށްވެސް ކުޅުނު ކުޅުންތެރި އެކެވެ.
އެ ކުއްޖާ ނިޔާވެފައި ވަނީ، ބެލްކަނިން ގޭތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އަރިއަޅާލައިގެން ގޮސް ކަރަންޓް ވާގަނޑެއްގައި ހިފުމުގެ ސަބަބުން ކަން ސަން އަށް ވަނީ އެނގިފަ އެވެ.
މައުލޫމާތު އެނގޭ މީހަކު ސަން އަށް ބުނީ އެ ކުއްޖާ ބެލްކަނިން އަރަން މަސައްކަތް ކުރީ، ބެލް ޖަހައިގެން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ކަމަށެވެ.
އެކުއްޖާ ލަންކާގައި ކިޔަވަން ހުރީ ދައްތައާ އެކުގައި ކަމަށް ވަނީ އެނގިފަ އެވެ.