14 Apr 2016, 09:21
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި ހަމުގެ ދުޅަހެޔޮ ކަމަށް ވިޓަމިންސީ އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. ހަމައެއާ އެކު ހަށިގަނޑުގައި އުފެދޭ ފާރުތައް ރަނގަޅު ކުރުމަށާއި ކަށިތަކުގެ ދުޅަހެޔޮ ކަމަށް ވެސް ވިޓަމިންސީ މުހިއްމެވެ.
ވިޓަމިންސީ އަކީ ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ މޭވާ އާއި ތަރުކާރީ އެއްގަައި ވެސް އެކުލެވޭ މާއްދާ އެކެވެ. އެގޮތުން އެ މާއްދާ އެކުލެވޭ މޭވާ އާއި ތަރުކާރީތަކުގެ ތެރޭގައި ލުނބޯ، އަލަނާސި، ކިވީ، ފޭރު، ފަޅޯ، އަނބު، ބެރީސް، ކޮލިފްލާވާ، ބޮޑު މިރުސް، ކެބެޖު އަދި އަލުވި ހިމެނެ އެވެ.

މޭވާ އާއި ތަރުކާރީ ---
އެހެންނަމަވެސް ވިޓަމިންސީ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ބޭނުން ނުކުރާ ނަމަ، ހަށިގަނޑުން އެ މާއްދާ މަދުވެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހެ އެވެ. އެގޮތުން ހަށިގަނޑުން ވިޓަމިންސީ މަދުވުމުން ދިމާވެދާނެ މައްސަލަތަކަށް ބަލާލާނަމެވެ.
ބަރުދަން ލުއިވުން:

ބަރުދަން ލުއި ވުން ---
ވިޓަމިންސީ އެކުލެވޭ ކާނާ ބޭނުން ނުކުރާނަމަ ބަރުދަން ލުއި ވުން އެކަށީގެން ވެއެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް، ނޭނގި ނަމަވެސް ވިޓަމިންސީ އެކުލެވޭ ކާނާ ކެއުން މަދުކޮށް ބަރުދަން ލުއި ކުރާ މީހުން އުޅެ އެވެ.
ދިފާއީ ނިޒާމު ބަލިކަށިވުން:

ބަލި ޖެހުން ---
ކުރިންވެސް ފާހަގަ ކުރި ފަދައިން، ވިޓަމިންސީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާ އެކެވެ. އެހެންނަމަވެސް ހަށިގަނޑުން ވިޓަމިންސީ މަދުވެއްޖެ ނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ފަސޭހަ ކަމާއެކު ބަލިތަކުގެ ޝިކާރައަކަށް ވެދެ އެވެ.
ދަތްތަކާއި ހިރުގަނޑު ހަލާކުވުން:
ދަތްތަކާއި ހިރުގަނޑުގެ ދުޅަހެޔޮ ކަމަށް ވެސް ވިޓަމިންސީ އަކީ ވަރަށް މުހިއްމު މާއްދާ އެކެވެ. އެ މާއްދާ ލިބެން ވާވަރަށް ނުލިބޭ ނަމަ ސްކާވީ ކިޔާ ބައްޔެއް ޖެހުމަށް މެދުވެރިވެ އެވެ. ސްކާވީ ޖެހުމުން ހިރުގަނޑު ހަލާކުވުމާއި ހިރުގަނޑުން ލޭ އައުން ފަދަ ކަންތައްތައް ދިމާވެ އެވެ.
އެހެންކަމުން ދުޅަ ހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ވިޓަމިންސީ އެކުލެވޭ ކާނާ އާއި ބުއިންތައް ވީހާ ވެސް ގިނައިން ބޭނުން ކުރުން މުހިއްމެވެ.
މައުލޫމާތު: ހެލްތު ޑައިޖެޒްޓް