13 Apr 2016, 19:20
ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން އެތަނަށް ވަދެ ވައްކަން ކުރި މީހަކު ހޯދަން ފުލުހުން މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިއޯއިން ފެންނަނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޓީޖެޓީ ސަރަހައްދުގައި ހުންނަ ފިހާރައެއްގެ ޓިނު ނަގައިގެން އެ ފިހާރައިން ފައިސާއާއި ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހެކެވެ.
ވީޑީއޯއިން ފެންނަނީ، ސޯޓަކާއި އަތްދިގު ޓީޝާޓެއް ލައިގެންހުރި ފިރިހެނެކެވެ. އޭނާގެ ވަނަވަރެއް ހާމައެއްނުކުރެއެވެ.
ފުލުހުން ވަނީ އެމީހާއާއި ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާރުމަށް އެދިފައެވެ.