Last Updated: 10 year 7 month ago
Last Updated:
10 year 7 month ago
އޭއެފްސީ ކަޕް: މާޒިޔާ 0-2 ސައުތު ޗައިނާ
19:00
މި ގްރޫޕުގައި މިއަދު ޔޮންގޮން އާއި މޯހަން ބަގާން ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން. އެ މެޗު ކުޅުނީ މިޔަންމާގައި.
މި މެޗުން ސައުތު ޗައިނާ މޮޅުވި ނަމަވެސް، އެ ޓީމު އަދިވެސް އޮތީ، ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް ޖީގެ ފުލުގައި. ގްރޫޕްގެ ތިން ވަނައިގައި އަދިވެސް މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު. ގްރޫޕުގެ އެއް ވަނައިގައި އޮތް އިންޑިއާގެ މޯހަން ބަގާން އަށް ކުޅުނު ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މިޔަންމާގެ ޔަންގޮން ޔުނައިޓެޑަށް ހަތަރު މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓް.
އޭއެފްސީ ކަޕް ގްރޫޕް ޖީ
- މޯހަން ބަގާން - 4 މެޗް - 10 ޕޮއިންޓް.
- ޔަންގޮން ޔުނައިޓެޑް - 4 މެޗް - 5 ޕޮއިންޓް.
- މާޒިޔާ ސްޕޯޓްސް- 4 މެޗު - 4 ޕޮއިންޓް.
- ސައުތު ޗައިނާ - 4 މެޗު - 3 ޕޮއިންޓް
މެޗު ނިމިއްޖެ.މެޗުގެ ކުޅުން ނިމިގެންދިޔައީ، 2-0 ލަނޑުގެ ނަތީޖާއަކުން ސައުތު ޗައިނާ ކުރީގައި އޮވެގެން.
އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކީ ތިން މިނެޓުގެ ކުޅުން.
ސައުތު ޗައިނާއިން އެ ޓީމުގެ ފަހު ބަދަލު ގެނެސްފި. ލަމްގެ ބަދަލުގައި ކުޅެން ނުކުތީ ޗޫ ސުއި ކެއި.
ސައުތު ޗައިނާއަށް ފުރުސަތެއް. އަވާލް ދިން ބޯޅައިން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލަމް އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ.
ސައުތު ޗައިނާއިން ބަދަލެއް ގެނެސްފި. ލުއިޒް ކާލޮސްގެ ބަދަލުގައި ކުޅެން ނުކުތީ ޗަން ސިއު ކުވަން.
ބޮކުރީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ އަސަދުﷲ ނުރައްކާ ކުރުމުގެ ކުރިން ސައުތު ޗައިނާގެ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.
މާޒިޔާއިން ބަދަލެއް ގެނެސްފި. އަޑުބަރޭގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ޝިފާޒް.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ މާގިނައިރުތަކެއް، ނުވާނީސް އީސަ ވަނީ ނުރައްކާތެރި ދެ ހުރަހެއް ނަގައިދީފަ، ނަމަވެސް އެ ދެ ހުރަހުން ވެސް މާޒިޔާއަށް ސައުތު ޗައިނާގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ.
މާޒިޔާއިން ބަދަލެއް ގެނެސްފި. ޔާމްބެގެ ބަދަލުގައި ކުޅެން ނުކުތީ އިސްމާއިލް އީސާ (މެސީ).
ސައުތު ޗައިނާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޔާމްބެ އުފެއްދި ބާރު ހަމަލާ، ކީޕަރު ސަންގް މަން ފައި މަތަކޮށްފި. އޭނާ އަތުން ބޯޅަ ދޫވި ނަމަވެސް، މާޒިޔާގެ ކުޅުންތެރިޔަކަށް ރީބައުންސް ބޯޅަ ލިބުމުގެ ކުރިން ވަނީ ހޯދާފައި.
ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދަނީ މާޒިޔާ އިން.
މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސައުތު ޗައިނާގެ ކެޕްޓަން ބޯޖާން މަލިސިޗް އަށް ލިބުނު ބޯޅައިން އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި. ބޯޅަ ލިބުނު އިރު، އޭނާ އަށް މާޒިޔާގެ ޑިފެންޑަރުންގެ ފަރާތުން މާބޮޑު އުނދަގޫތަކަކާ ކުރިމައްޗެއް ނުވޭ.
މާޒިޔާއިން ދެވަނަ ހާފުގެ ފުރަތަމަ ހަމަލާ އުފައްދައިފި. ސައުތު ޗައިނާގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅައަކުން މޫސާ ޔާމީން (ޔާމްބެ) އުފެއްދި ބާރު ހަމަލާ، ދިިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
ސައުތު ޗައިނާގެ ޑިފެންޑަރުން ހުރަސް އެޅުމާ ގުޅިގެން މާޒިޔާގެ އިމާޒް ދިން ބޯޅައިން ބޮކުރީއަށް މާބޮޑު ނުރައްކަލެއް ނުކުރެވުނު. އިމާޒް ބޯޅަ ޖައްސާލި އިރު، ބޮކުރީ ހުރީ ސައުތު ޗައިނާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި.
ސައުތު ޗައިނާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޗެ ރުންގުއި ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލަމް ހޮކް ހެއި އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް. އޭނާއަށް ބޯޅަ ލިބުނު އިރު، މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށް.
ސައުތު ޗައިނާގެ ލޯ ހިއު ޗުންގް ނަގައިދިން ހުރަހުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، އަވާލް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.
ސައުތު ޗައިނާގެ މަހަމާ އަވާލް ނަގައިދިން ހުރަސް، މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު އިމްރާން ހޯދައިފި.
ދެވަނަ ހާފް ފަށައިފި.
ދެވަނަ ހާފް ފެށުމަށް ދެޓީމު ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މި މެޗުން މާޒިޔާ ބަލިވެއްޖެ ނަމަ އެޓީމަށް އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިގެން ދާނެ. އެހެންކަމުން އެޓީމަށް މި މެޗުން އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދުން ވަރަށް މުހިއްމު.
ފުރަތަމަ ހާފް ނިމިއްޖެ.ސައުތު ޗައިނާ 2، މާޒިޔާއަށް ލަނޑެއް ނުޖެހޭ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ 2 މިނިޓް.
އަނެއްކާވެސް ސައުތު ޗައިނާގެ ނުރައްކާތެރި ހަމަލާއެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން، ޗަން ސިއުއަށް ލިބުނު ބޯޅަ އޭނާ ކޮންޓްރޯލް ކޮށްލާފައި ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ކީޕަރު އިމްރާން އަތުން ޖަހައި ބޯޅަ ފޮނުވާލީ.
"42 - ސައުތު ޗައިނާ ދެވަނަ ލަނޑު ޖަހައިފި.ލަނޑު ޖެހީ، ޗަން ސިއު.
ލަނޑު ޖެހުމަށް ފަހުވެސް، ސައުތު ޗައިނާ ކުޅުންތެރީން މިދަނީ، މާޒިޔާގެ ހާފްތެރޭގައި ގިނަވަގުތު ބޯޅަ ގެންގުޅެމުން. އަދި މާޒިޔާގެ ގޯލަށް ނުރައްކާކުރަމުން.
މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ސައުތު ޗައިނާގެ ޗަން ސިއު ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ބޯޅަ ލިބުނީ ހިއު ޗުންއަށް. އޭނާ ވަރަށް ފަސޭހަކަމާއެކު ހަމަޖެހިލާފައި ގޯލްތެރެއަށް ބޯޅަ ފޮނުވާލީ.
"34 - ސައުތު ޗައިނާ ލަނޑު ޖަހައިފި.އެޓީމަށް ލަނޑު ޖަހައި ދިނީ، ލޯ ހިއު ޗުން.
މިދިޔަ މަހުގެ 16 ވަނަ ދުވަހު މިދެ ޓީމު މާލޭގައި ކުޅުނު މެޗު މާޒިޔާ ވަނީ 2-1 ލަނޑުން ކާމިޔާބުކޮށްފައި.
މާޒިޔާގެ ހުސައިން ނިޔާޒް (ބޮކުރީ) ސައުތު ޗައިނާގެ ހާފްތެރޭން ބޯޅަ ހޯދައިގެން ގޮސް، އެޓީމުގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި، އޭރިޔާ ތެރެއަށް ވެއްޓުނު ވަގުތު މާޒިޔާ ކުޅުންތެރީން އެބޯޅަ ފޮނުވާލަން މަައްކަތްކުރި. އެހެން ނަމަވެސް ސައުތު ޗައިނާ ކުޅުންތެރީން ބޯޅަ ދިފާއުކުރީ.
މާޒިޔާގެ ޕެނަޕްޓީ އޭރިޔާ ތެރެއަށް ސައުތު ޗައިނާ ކުޅުންތެރީން ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން ފުންމައިގެން އެރި ވަގުތު މާޒިޔާގެ ޑިފެޑަރު ޒިރްކޯފްގެ ބޮލުންގައި ސައުތު ޗައިނާގެ ކުޅުންތެރިއެއްގެ ބޮލުން ޖެހިޒިރުކޯފަށް އަނިޔާވެފައި މިވަނީ. މިހާރު އޭނާއަށް ފަރުވާ ދިނުމަށްފަހު އަލުން ކުޅުން ފަށައިފި.
ވާރޭ ވެހުމުގެ ސަބަބުން ދަނޑުމަތި ވަރަށް ބޮޑަށް ތެމިފައި އޮތުމުން ދެ ޓީމުގެ ކުޅުންތެރީން ވެސް ރަނގަޅަށް ނުކުޅެވިގެން އުޅޭ މަންޒަރު ފެންނަނީ. ހާއްސަކޮށް ޕެނަލްޓީ އޭރިޔާ ތެރޭން ރަނގަޅު ހަމަލާއެއް ފޮނުވާ ނުލެވިގެން އުޅޭ ތަން މި ފެންނަނީ.
ސައުތު ޗައިނާ ކުޅުންތެރީން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލަށް ފޮނުވާލަން މަސައްކަތްކުރި. އެހެން ނަމަވެސް، ގޯލް ކީޕަރު އިމްރާން ވަރަށް ހުށިޔާރުކަމާއެކު ބޯޅަ މަތަކުރީ.
މެޗުގެ ފުރަތަމަ 10 މިނިޓްގެ ކުޅުން ނިމުނު އިރު، ސައުތު ޗައިނާއިން މިވަނީ މާޒިޔާގޯލަށް ދެތިން ފަހަރަކު ނުރައްކާ ކުރަން މަސައްކަތްކޮށްފައި.
މާޒިޔާގެ ފުރަތަމަ 11:
- މުހައްމަދު އިމްރާން (ކީޕަރު)
- މުހައްމަދު އިރުފާން
- ޒިވްކޯ
- އިމާޒް އަހުމަދު
- އަސަދުﷲ އަބްދުﷲ (ކެޕްޓަން)
- އަސްހަދު އަލީ
- ސަމްދޫހް މުހައްމަދު
- ހުސެން ނިޔާޒް މުހައްމަދު
- އަލީ ސަމޫހް
- މޫސާ ޔާމިން
- ގާސިމް ސަމާހް
އަހްމަދު އިމާޒް (އާއްކޮ) ނެގި ކޯނަރު، މާޒިޔާ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން ސައުތު ޗައިނާ ކުޅުންތެރީން އެޓީމުގެ ޕެނަލްޓީ އޭރިޔާތެރޭން ބޭރުކޮށްލީ.
މާޒިޔާއަށް ކޯނަރެއް.
މެޗު ފަށައިފި.