ބ. ކަމަދޫގެ ކައުންސިލަށް ޝަރުތުހަމަވާ އެހެން މެންބަރަކު ކުރިމަތިލާފައިނުވާތީ އެ މަގާމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކަމަދޫ، ރޯޒްމީޑްގޭ އަލީ ނާއިދު ހޮވިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ކަމަދޫ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް އެ ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު ޝަރުތު އެޕްލިކޭޝަނަކަށް ހުށަހަޅާފައިވަނީ އަމިއްލަ ގޮތުން އެމަގާމަށް ކުރިމަތިލެއްވި އަލީ ނާއިދުގެ އެޕްލިކޭޝަން އެކަނި ކަމަށެވެ.

"ޑީއާރުޕީންނާއި އެމްޑީޕީން ވެސް އެޕްލިކޭޝަނެއް ހުށަހެޅި. އެކަމަކު ބޭނުންވާ ހުރިހާ ޝަރުތުތައް އެއެޕްލިކޭޝަންތަކަކު ނެތް،" އޭނާ ވިދާޅުވި އެވެ.

އެ މަގާމަށް އަލީ ނާއިދު އިންތިހާބްވީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރުވެސް އޭނާ ފިޔަވައި އެހެން މީހަކު ކުރިމަތިލާފައިނުވާތީ ކަމަށްވެސް އިލެކްޝަނުން ބުންޏެވެ.