ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަނެއްކާވެސް ފަސްކޮށްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މިއަދު ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާއި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިފަހަރު ބޭއްވިފައި ނުވަނީ ޖަލްސާއަށް އޮބްސާވަރުން ހަމަޖެހިފައި ނުވާތީ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އެ އެސޯސިއޭޝަނުގެ އިންތިހާބާއި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމި އެވެ. ނަމަވެސް އެފަހަރު އިންތިހާބު ފަސްކޮށްފައި ވަނީ ހޯމް މިނިސްޓްރީން އިންތިހާބު ފަސްކުރުމަށް އެދުމުންނެވެ.